05 އޯގަސްޓް 2020
![](/images/Posts/349/b1d328c3-3e1f-453c-89a5-bad583185200_EeqBoqlUYAE18tX-750x400.jpg)
ޖަޕާނުން ދިވެހިރާއްޖެއަށް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއިން 24 ސްކޮލާޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މިއަދު ސޮއިކުރެވުނު މިއެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 4 އަހަރުގެ މުއްދަތަށް ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް މަތީ ތައުލީމު ހާސިލްކުރުމަށް ޖަޕާނަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
މި ޕްރޮޖެކްޓު ކާމިޔާބު ކަމާއެކު ހިންގުމަށްޓަކައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ހިމެނޭ ގޮތަށް 'އޮޕަރޭޓިންގް ކޮމިޓީ' އެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ މެންބަރު ފާތިމަތު އާމިރާ އާއި ކޮމިޝަނުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު އަދި ކޮމިޝަންގެ ޑިރެކްޓަރ، އިންޓަރނޭޝަނަލް ރިލޭޝަންސް ފާތިމަތު އިނާޔާ އެވެ.
ފަހުގެ ޚަބަރުތައް
![](/images/Posts/571/5f2b4702-322b-41ac-869e-413f39820a26_MicrosoftTeams-image (1).png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
![](/images/Posts/568/fd9314d4-063e-42df-bdda-f05a72595852_News_back.png)
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
![](/images/Posts/567/f5371921-4619-4832-aca1-981a5eede611_final.png)
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023