![](/images/Posts/346/0efd9307-230e-46b5-bd1a-c8d763f62252_103087404_1932816316849907_4230010531015070997_n-750x400.jpg)
ކޮވިޑް 19 ގެ ރޯގާ އާ ގުޅޭގޮތުން އަލަށް ގެނެވޭ އާންމު ހާލަތު ނުވަތަ "ނިއު ނޯމަލް" ހާލަތު ޖުލައި މަހުގެ ތެރޭގައި ތައާރަފް ކުރައްވަވާގޮތަށް މިހާރު ރޭވެމުންދާތީ މިހާލަތުގައި ސިވިލް ސަރވިސްގެ އިދާރާތައް ހުޅުވާލައިގެން މަސައްކަތް ކުރުމާއި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރޯގާއިން ރައްކާތެރިވެތިބެ އޮފީސް ހިންގާނެގޮތުގެ އުސޫލު ނުވަތަ ގައިޑްލައިން އާ ގުޅޭގޮތުން މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާއެކު މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައީސް ޑރ. އަލީ ޝަމީމް އާއި ޑިރެކްޓަރ ޖެނެރަލް ޚަދީޖާ ޖަމީލާއެވެ. އެޗްޕީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޓީމްގައި އިސްކޮށް ހުންނެވީ ޑރ. ނަޒްލާ ރަފީޤް އެވެ.
މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ނިއު ނޯމަލް ގައި މަސައްކަތްކުރާނެ ގޮތުގެ އުސޫލު ނުވަތަ ގައިޑްލައިންގައި ހިމެނެންޖެހޭ ކަންކަމާގުޅޭގޮތުންނާއި އަދި ސާފުތާހިރުކަން ބަލަހައްޓާ ފަރާތްތަކަށް ސިވިލް ސަރވިސް ޓްރެއިނިންގ ސެންޓަރުގައި ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. މީގެ އިތުރުން ކޮވިޑް 19 ގެ ވައިރަސްއިން ސަލާމަތްވެތިބުމަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކަމާއެކު ކޮންމެ ސިވިލް ސަރވިސްގެ އިދާރާއެއްގައި އެކަށައަޅައި ރޯގާނުފެތުރޭނެ ގޮތެއްގެ މަތީން އޮފީސްތައް ހިންގުމަށާއި އަދި މުވައްޒަފުންގެ ކަންކަން ކުރިއަށްގެންދިއުމުގައި ފަރުވާތެރިވެ މުވައްޒަފުން އަހުލުވެރިކޮށް ހޭލުންތެރި ކުރުމާގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިގޮތުން ވީހާވެސް މުވައްޒަފުން އެކަކު އަނެކަކާއި ގާތްވެނޫޅެވޭނެގޮތަށް އަދި އަތްމަތިން ތަކެތި ބަދަލުނުވާނެގޮތްތަކަށް މަސައްކަތް ކުރުން ރޭވުމަށް އެޗްޕީއޭ އިން އިރުޝާދު ދެއްވެވިއެވެ.
މުވައްޒަފުން އެކަކު އަނެކަކާއި ބައްދަލުވުން ކުޑަވާނެ ގޮތެއްގެ މަތީން ދަންފަޅިތަކަށް ބަހާލައިގެން ނުވަތަ ވަކިވަކި ޓީމްތައްހަދައި ޖިސްމާނީ ގޮތުން ގުޅުން ކުޑަކޮށް މަސައްކަތްކުރެވޭގޮތަށް ހިކްމަތްތެރިކަމާއެކު މަސައްކަތްތައް ރާވައި ހިންގުމަށް އެޗްޕީއޭ އިން އެދި ވަޑައިގެންނެވިއެވެ. ގޭގައި ކަރަންޓީނުކުރެވޭ ފަރާތްތަކަށް 2 ހަފްތާ ވަންދެން އޮފީހަކަށް ނުނިކުމެވޭނެކަމަށާއި މިހެން ދިމާވުން ގޭގައި އެފަދަ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. ހަމައެފަދައިން ބަލިޖެހޭ މުވައްޒަފުންނަށްވެސް މާބޮޑު އަލާމާތްތަކެއް ނުފެނި މަސައްކަތް ކުރެވޭ ހާލަތުގައި ތިބިނަމަ އެކަހެރިވެ ހުރެގެން ދުރުން މަސައްކަތްކުރެވޭނެ އިންތިޒާމް އޮފީސްތަކުން ހަމަޖައްސާދިނުމަކީ މައްސަލައެއްނޫން ކަމުގައި އެޗްޕީއޭ އިން ހާމަކުރެއްވެވިއެވެ.
ނިއު ނޯމަލް ހާލަތުގައި ސިވިލް ސަރވިސްގެ އިދާރާތަކުން އޮފީހުގައި މަސައްކަތް ކުރާއިރު ރޯގާއާ ގުޅޭގޮތުން އެކިކަންކަން ކުރިމަތިވުމުން ފަސޭހައިން އެޗްޕީއޭ ގުޅައި އިރުޝާދު ހޯދޭނެފަދައިން ފަސޭހައިން ގުޅޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް ކޮމިޝަނުގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި އެދިވަޑައިގަތެވެ. އަދި 16 ޖޫން 2020 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕަރމަނަންޓް ސެކްރެޓަރީންގެ ބައްދަލުވުމަށާއި އަތޮޅު ނުވަތަ ސިޓީ ކައުންސިލްތަކުގެ ވަގުތީ ސެކެޓްރީ ޖެނެރަލުންގެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުންނާއި، އަލަށް ތައްޔާރުކުރެވޭ އުސޫލާ ގުޅޭގޮތުން މަޝްވަރާ ކުރުމުގައި އެޗްޕީއޭގެ ފަރާތުން ބައިވެރިވެވަޑައިގެން ދެއްވުމަށް ކޮމިޝަނުގެ ފަރާތުން އެޗްޕީއޭގެ ބޭފުޅުންނަށް ދައުވަތު އެރުވިއެވެ. މި ދައުވަތުތައް އެޗްޕީއޭ އިން ގަބޫލުފުޅު ކުރައްވަވައި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެކަމުގެ ކަށަވަރުކަން އެޗްޕީއޭގެ ޓީމުން ދެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
![](/images/Posts/571/5f2b4702-322b-41ac-869e-413f39820a26_MicrosoftTeams-image (1).png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
![](/images/Posts/568/fd9314d4-063e-42df-bdda-f05a72595852_News_back.png)
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
![](/images/Posts/567/f5371921-4619-4832-aca1-981a5eede611_final.png)
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023