މިދިޔަ އަހަރު ސިވިލް ސަރވިސް ކޮމިޝަނުން މެންބަރެއްގެ ގޮތުގައި ބައިވެރިވި ސިވިލް ސަރވިސްގެ ކަންކުރިއަރުވައި ފަންނީ ތަމްރީނު ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމްއިއްޔާ އެއް ކަމުގައިވާ "އާސްތާނާ ސިވިލް ސަރވިސް ހަބް" ގެ ފަރާތުން ކަޒްކިސްތާނުގައި މާސްޓާރސް ފެންވަރަށް ކިޔެވުމަށް ދިވެހި ސިވިލް ސަރވަންޓުންނަށް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. އެއީ ކަޒްކިސްތާނުގެ މަތީތައުލީމުދޭ މަރުކަޒެއް ކަމުގައިވާ އެކަޑަމީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ގައި އިންޓަރނޭޝަނަލް ރިލޭޝަންސް ގެ ދާއިރާއިންނާއި ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާރސް ފެންވަރަށް ކިޔެވުމަށް ހުޅުވާލި ފުރުސަތެކެވެ. މިގޮތުން އިންޓަރނޭޝަނަލް ރިލޭޝަންސް ގެ ދާއިރާއިން ކިޔެވުމަށް 6 ސްކޮލަރޝިޕް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ދާއިރާއިން ކިޔެވުމަށް 5 ސްކޮލަރޝިޕް ހުޅުވާލާފައިވެއެވެ. ނަމަވެސް، މި ސްކޮލަރޝިޕްތަކަކީ ހަމައެކަނި ދިވެހިރާއްޖޭގެ ސިވިލް ސަރވަންޓުންނަށް ހުޅުވާލެވިފައިވާ ފުރުސަތުތަކެއް އެކަންޏެއް ނޫނެވެ. ނަމަވެސް، "އާސްތާނާ ސިވިލް ސަރވިސް ހަބް" ގެ މެންބަރު ހުރިހާ ގައުމުތަކަށް ހުޅުވާލާފައިވާ 11 ސްކޮލަރޝިޕް އެވެ.
އެހެންކަމުން މި ސްކޮލަރޝިޕްތަކަށް ދިވެހި ސިވިލް ސަރވަންޓުންވެސް ޖެހޭނީ ވާދަކުރާށެވެ. މިއީ ކޮންމެ އަހަރަކު ހުޅުވާލެވޭ ސްކޮލަރޝިޕް ތަކެއް ކަމުން ދިވެހިރާއްޖެއިން މި ސްކޮލަރޝިޕް އަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ހޮވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމުގައި ލަފާކުރެވެއެވެ. އަދި ވީހާގިނަ ފަރާތްތަކުން މި ސްކޮލަރޝިޕްތަކަށް އެދި ފޯމު ހުށަހެޅުމަށް އާސްތާނާ ސިވިލް ސަރވިސް ހަބްއިން ހިތްވަރުދެއެވެ. މިއީ ދިވެހިރާއްޖެއަށް މި ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. އަދި މި ޖަމްއިއްޔާގެ މައިގަނޑު މަރުކަޒު ގާއިމް ކުރެވިފައިވާ ކަޒްކިސްތާނުގެ ވެރިރަށް ނޫރުލް އަލީމް ގައި ތައުލީމް ހާސިލްކުރުމަށް މިއީ ލިބިގެންދާ ރަނގަޅު ފުރުސަތެއްކަން ފާހަނގަކޮށްލެވެއެވެ. ސަބަބަކީ ކަޒަކިސްތާނަކީ އިރުމަތީ ޔޫރަޕްގައި އެންމެ ތަރައްޤީވެފައިވާ އަދި މުއްސަނދި ގައުމަށްވެފައި މި ސްކޮލަރޝިޕްތަކަކީ އެތާނގެ ސަރުކާރުން ހަމަޖައްސާދޭ ސްކޮލަރޝިޕްތަކަކަށް ވާތީއެވެ. މި ސްކޮލަރޝިޕް އަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 10 ޖުލައި 2020 އެވެ. މި ސްކޮލަރޝިޕަށް ހުށަހަޅަން ބޭނުންވާ ފޯމުތަކާއި އަދި އެހެނިހެން މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓްގައިވާ ލިންކްއިން ލިބެން ހުންނާނެއެވެ. އަދި އާސްތާނާ ސިވިލް ސަރވިސް ހަބް އިންވެސް ލިބެން ހުންނާނެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026