28 ޖޫން 2020
ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި "ވިސްލް ބްލޯވަރ ޕްރޮޓެކްޝަން" ކޮމިޓީ އެއް އެކުލަވާލައިފިއެވެ. މި ކޮމިޓީ އެކުލަވައިލީ ޤާނޫނު ނަންބަރު 2019/16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ކޮމިޝަނުގެ 1846 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. މި ކޮމެޓީގެ ޗެއަރ ޕަރސަންއެއް ގޮތަށް ހަމަޖައްސާފައިވަނީ ކޮމިޝަނުގެ ސީނިއަރ އެޓާރނީ އާޔަތުﷲ ޙުސައިން އެވެ. އަދި މެންބަރުންގެ ގޮތުގައި ހިމަނާލައިފައިވަނީ ޑިރެކްޓަރ އޮފް (އެޗް.އާރް) މަރްޔަމް ނާޒިމާ އަދި ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް އަހުމަދު އަތުހަރެވެ.
މި ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ މަޢުލޫމާތު ހުށައެޅޭނެ އިންތިޒާމްތައް ޤާއިމްކުރުމާއި މަޢުލޫމާތު ހުށައެޅުމުން މަޢުލޫމާތު ބަލައިގަނެ އަދި މަޢުލޫމާތު ހުށައަޅާ ފަރާތުގެ ވަނަވަރު އަދި އެހެނިހެން ޒާތީ މަޢުލޫމާތު ސިއްރުކުރުމެވެ. މަޢުލޫމާތާ ގުޅިގެން ކުރަންޖެހޭ ތަހުޤީގު ކުރުމާއި އަދި އިޚްތިޞާޞްދީފައިވާ މައްސަލައެއްވާނަމަ، އެ ކަމެއް ތަޙުޤީޤުކުރުމަށް އެ އިދާރާއަކަށް ފޮނުވުމެވެ. ހުށައެޅޭ މައްސަލައެއްގައި ވަކި ފަރާތަކަށް ރައްކާތެރިކަން ދޭންޖެހޭކަމަށް ޤަބޫލުކުރެވޭނަމަ, އެކަން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ސަމާލުކަމަށް ގެންނަންޖެހޭނެއެވެ. އަދި ވިސްލްބްލޯކުރުމުގެ މުހިއްމުކަމާއި ވިސްލްބްލޯކުރާ ފަރާތްތަކަށް ވިސްލްބްލޯކުރުމާގުޅޭ އެތެރޭގެ އިންތިޒާމުތަކާ ގުޅޭގޮތުން މުވައްޒަފުންނަށް މަދުވެގެން އަހަރަކު 2 ފަހަރު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުންވެސް މި ކޮމިޓީގެ މަސްއޫލިއްޔަތުތެރޭގައި ހިމެނެއެވެ. މީގެ އިތުރުން, ޤާނޫނު ނަންބަރު 2019/16 ގެ ދަށުން އެކުލަވާލެވޭ ގަވާއިދުތަކާ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ޒިންމާތައް އަދާކުރުން ހިމެނެއެވެ.
މަޢުލޫމާތު ހުށަހެޅޭނެ ގޮތްތަކަށް ބަލާއިރު ސިޓީ، ފޯންކޯލް، އެސް.އެމް.އެސް ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ އޯޑިއޯ/ވީޑިއޯ ފައިލް ޒަރިއްޔާއިންވެސް ހުށަހެޅިދާނެއެވެ.
މަޢުލޫމާތު ހުށައަޅާނީ ވިސްލްބްލޯކުރުމުގެ ގޮތުން މަޢުލޫމާތު ހުށައަޅާ ފޯމު މެދުވެރިކޮށް އަދި މި ފޯމު ކޮންމެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.
ފަހުގެ ޚަބަރުތައް
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާއެކު ސިވިލް ސަރވިސް ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއި ކުރައްވައިފި
08 ޖަނަވަރީ 2026
ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026
09 ޑިސެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025