އަތޮޅު ސެކްރެޓަރީ ޖެނެރަލުންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީ އިންނާއި އެސްޓީއޯ އިން މަޢުލޫމާތު ދެއްވައިފި

07 މެއި 2020


194*364

ކޮވިޑް 19 ގެ ރޯގާ އާ ގުޅިގެން އަތޮޅުތެރޭގައިވާ ސިވިލް ސަރވިސްގެ އިދާރާތަކުގެ މެދުގައި ކަންކަން ވިލަރެސްކޮށް މަޢުލޫމާތު ބައްދަލުކޮށް މަޝްވަރާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ އަތޮޅު ވަގުތީ ސެކެޓްރީ ޖެނެރަލުންގެ ބައްދަލުވުމުގައި މިއަދު މިނިސްޓްރީ އޮފް ފިނޭންސް އިންނާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މަޢުލޫމާތު ދެއްވައިފިއެވެ.
ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ރިޔާސަތު ބެލެހެއްޓެވި އަދި އޯޑިއޯ/ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން މިއަދު ބޭއްވުނު ބައްދަލުވުމުގައި ކޮވިޑް 19 ރޯގާ އާއ ގުޅޭގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ބަޖެޓްގެ ތެރެއިން ފައިދާ ކުރާނެ ގޮތާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން މަޢުލޫމާތު ދެއްވެވީ ފައިނޭންޝަލް ކޮންޓްރޯލާރ ފާތިމަތު ރަޒީނާ އާއި ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހްމަދު ޝަރުވާން އާދަމެވެ. ކޮވިޑް 19 އާ ގުޅޭގޮތުން ބޭނުންވާ ރައްކާތެރިވުމުގެ ތަކެތި އަތޮޅުތެރޭގައިވާ އެސްޓިއޯ ފާމަސީ ތަކުން ލިބިދިނުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވެވީ އެސްޓީއޯގެ ހޮސްޕިޓަލް ސަޕްލައިސް މެނޭޖަރ ހުސެއިން ރާއިދު މުހައްމަދެވެ.
މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ ކޮވިޑް 19 ރޯގާ އާ ގުޅޭގޮތުން ކުރަންޖެހޭ ޚަރަދުތައް ކައުންސިލްގެ ބަޖެޓްގެ ތެރެއިން ކޯޑް ބަދަލުކޮށް ކުރެވިދާނެކަމެވެ. ނަމަވެސް، ބަލިމީހުން ނުވަތަ ކަރަންޓީނު ކުރެވޭ މީހުންނަށް ބޭނުންވާ ޚަރަދުތައް ކުރުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް މެދުވެރިކޮށް ކައުންސިލްތަކަށް ބަޖެޓް ހަމަޖައްސާދެވޭ ނިޒާމެއްގެ ތެރެއިންކަމަށެވެ. އަދި ކޮންމެ ރަށެއްގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުތަކަށް ބޭނުންވާ ބަޖެޓް ހާއްސަގޮތެއްގައި ކައުންސިލްތަކަށް ހަމަޖައްސާދެވޭތޯ ފިނޭންސް މިނިސްޓްރީއިން މަސައްކަތް ކުރައްވަމުންދާ ކަމުގައިވެސް ފިނޭންސް މިނިސްޓްރީއިން ހާމަކުރެއްވެވިއެވެ. މިކަމުގެ މަޝްވަރާތައް ރައީސުލް ޖުމްހުރިއްޔާގެ އޮފީހާއި ހެލްތް މިނިސްޓްރީ އާއި ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއެކު މަޝްވަރާކުރެވެމުންދާކަމަށެވެ. އަދި ބަޖެޓް ދިނުމުގައި ކޮންމެ ރަށެއްގެ ހާލަތަށް ރިޢާޔަތްކޮށް ބަލިމަޑުކަން ހުރިނެތްގޮތަށް ބަލައި ބަޖެޓްގެ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް މަޢުލޫމާތުދެއްވެވިއެވެ.
ކޯވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވެއްޓިފައިވާތީއާއި ކުރިން އަންދާޒާ ކުރެވިފައިވާ އަންދާޒާތަކާ ހިލާފަށް ދައުލަތުގެ އާމްދަނީ ލިބުން މިހާރު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާތީ، ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަކުންވެސް ކުރެވެންހުރި އެންމެ ބޮޑު މިންވަރަކަށް އިގްތޮސީދު ކުރެއްވުމަށާއި، ހަރަދުތައް ވީހާވަރަކުން ކުޑަކުރެއްވުމަށް މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީ އޮފިޝަލުން އިލްތިމާސްކުރެއްވެވިއެވެ. މިއަހަރު ލިބޭނެކަމަށް ދައުލަތުގެ ބަޖެޓަށް އަންދާޒާކުރެވިފައިވާ 30 ބިލިއަން ރުފިޔާއިން މިހާރު ބެލެވެނީ އޭގެތެރެއިން 10 ބިލިއަން އާއި 15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ކަމުގައިވެސް ބަޔާންކުރެއްވެވިއެވެ. މީގެ ތެރެއިން މިއަހަރު ތެރޭގައި އިތުރު މަގާމުތައް އުފައްދާދިނުން 17 މާރިޗު 2020 ފެށިގެން ހުއްޓާލެވިފައިވާކަމަށާއި އަދި ކެނޑިގެންދާ މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނެގުމަށްވެސް ވީވަރަކުން މަޑުޖައްސާލުމަށް ބަޔާންކުރެއްވެވިއެވެ. ހުސްމަގާމުތަކަށާއި ވަގުތީ މުވައްޒަފުން ނެންގެވުންވެސް މިވަގުތަށް މަޑުޖައްސާލެއްވުމަށް އެދިވަޑައިގެންނެވިއެވެ. އިތުރުގަޑީގެ ފައިސާ ދުކުރުމުގައި "ބްލޮކް ގްރާންޓް" ގެ ގޮތުގައި ބައިބަޔަށް ގަނޑުކޮށް ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައިވާކަމާއި، މިފައިސާ ވީހާވެސް ރަނގަޅަށް ހަރަދު ކޮށްދެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ކުރިއަށްއޮތް ތާނގައި ކޮންމެ ކައުންސިލަކަށް ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި އިންޓަރނެޓް ބޭންކިންގ ހެދޭނެ އިންތިޒާމް ފިނޭންސް މިނިސްޓްރީއިން ހަމަޖައްސަވައި ދެއްވަވާނެ ކަމަށާއި އެހެންކަމުން އޮންލައިން ބޭންކިންގ އަށް ކައުންސިލްތަކުން އުސޫލެއް އަވަހަށް ތައްޔާރުކުރެއްވުމަށް ފައިނޭންޝަލް ކޮންޓްރޯލަރ އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖަރ މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ކޯވިދް 19 ގެ ރޯގާ އާ ގުޅިގެން ބޭނުންވާ ރައްކާތެރިކަމުގެ ތަކެތި (އަންގި އާއި މާސްކް އަދި ސެނިޓައިޒަރ) ރަށްރަށުގައި ހުންނަ އެސްޓީއޯ ގެ ފާމިސީތަކުން ބޭނުންވާ މިންވަރަށް ފޯރުކޮށްދެވޭނީ މިތަކެތީގެ ސްޓޮކް ލިބިފައިވާލެއް މަދުވުމުންކަމަށާއި، ނަމަވެސް ފޮރިން މިނިސްޓްރީ އާއި އެކު ކުރެވެމުންދާ މަސައްކަތުން މާސްކް ކަހަލަ ތަކެތި އިތުރަށް ލިބެމުންދާކަމަށާއި، އެހެންކަމުން ކުރިއަށް އޮތްތާނގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް ރަށްރަށަށް މިތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށެވެ. އަދި އެކިއެކި ބައްޔަށް ދިގުމުއްދަތުގެ ބޭސް ބޭނުންކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ބޭހުގެ ސަޕްލައި ފޯރުކޮށްދެވޭންކަމަށާއި މިކަމުގެ ތަފާސް ހިސާބުތައް ކޮމްޕިއުޓަރު ނިޒާމެއްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓޭކަމަށް ބަޔާންކުރެއްވެވިއެވެ. މިކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކުން އަރާގަތުމަށް އެއްވެސް ދައްޗެއް އުޅޭކަމުގައި ފާހަގަކުރެވޭނަމަ އެސްޓީއޯގެ މެޑިކަލް ސަޕްލައި ޑިޕާރޓްމަންޓަށް އަންގަވާދެއްވުމަށް އެދިވަޑައިގެންނެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް