ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އައި.ޖީ.އެމް.އެޗް ގެ އިސް މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

09 މެއި 2019



މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އެ ހޮސްޕިޓަލްގެ އިސް ފަންތީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ޓްރެއިނިންގ ސެޝަން ނަންގަވައިދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. " ސްޕަރވިޝަން/ވާނުވާބެލުން" މި މައުޟޫގެ ދަށުން ވާނުވާބެލުމަށް އަމަލުކުރާގޮތާއި، މިކަންކުރުމަށް ހިނގާ ކަންކަމާއި އަދި މިކަން ވަޒީފާއެއްގެ ގޮތުގައި ކުރިއަށްގެންދެވިދާނެ ގޮތްތަކާމެދު މިއަދުގެ ސެޝަންގައި ވަނީ މަޝްވަރާކުރެވިފައެވެ. އަދި ސްޕަރވައިޒަރެއްގެ ބޭނުމަކީ ތަނުންދޭ ޚިދްމަތްތަކާއި އުފައްދާ ތަކެތި އެތަނަކަށް ލިބިގެންވާ ވަސީލަތްތައް އެންމެ ހެޔޮގޮތުގައި ބޭނުންކޮށްގެން އޮމާންކަމާއި އަމާންކަމާއެކު ކުރިއަށްދޭތޯ ބެލުމުގެ ޒިންމާ ނެގުންކަމުގައިވެސް ޑރ. އަލީ ޝަމީމް ދެންނެވިއެވެ. މިއަދުގެ މި ސެޝަންގައި އައި.ޖީ.އެމް.އެޗް ގެ ސްޕަރވައިޒް ލެވެލްގެ އިސް 36 ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް