11 މެއި 2019
ބަންގްލާދޭޝް ގައި ސިވިލް ސަރވަންޓުންގެ ކަންތައް ބަލަހައްޓާ ބެލެނި ވެރިފަރާތްކަމުގައިވާ ބަންގްލާދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނުގެ ވަފުދެއް މިއަދު ރަސްމީ ޒިޔާރަތެއްގައި ރާއްޖެވަޑައިގަންނަވައިފިއެވެ. 5 މެންބަރުންގެ މި ވަފުދަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓް އިން އިސްތިޤްބާލު ކުރައްވަވައި މަރުޙަބާ ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ރާއްޖޭގައި ހުންނަވާ ބަންގްލާދޭޝްގެ ޝަފީރު ހިޒް އެކްސަލަންސީ އަކްތާރު ހަބީބް އެވެ. ބަންގްލާދޭޝްގެ ވަފުދުގެ ވެރިއަކަށްވަޑައިގަތީ އެކޮމިޝަނުގެ މެންބަރު މިސްޓަރ މުޚްލެސަރު ރަހުމާންއެވެ.
ބަންގްލާދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނުގެ ވަފުދު މި މޭ މަހުގެ 11 އިން 15 އަށް ރާއްޖެއަށް ކުރައްވަވާ ރަސްމީ ޒިޔާރަތަކީ ރާއްޖޭގައި ސިވިލް ސަރވަންޓުންގެ ކަންކަން ރާވައި ބެލެހެއްޓެމުންދާ ގޮތުގެ މަޢުލޫމާތް ހޯއްދެވުމަށާއި ސިވިލް ސަރވިސް ހިންގުމުގައި ހޯދިފައިވާ ކާމިޔާބީތަކާ ބެހޭގޮތުން ތަޖްރިބާ ހިއްސާކުރުމެވެ. ސިވިލް ސަރވިސް ކޮމިޝަނުން ވަނީ 5 ދުވަހުގެ ދަސްވެލުމުގެ މި ޒިޔާރަތަށް ވަރަށް ފުރިހަމަ ޕްރޮގްރާމެއް ރާވާފައެވެ. މިގޮތުން ރާއްޖޭގައި ސިވިލް ސަރވިސްގެ ކަންކަން ރާވާއި ބެލެހެއްޓޭގޮތާއި މިދާއިރާގައި ހޯދިފައިވާ އީޖާދީކަންކަމާއި ކާމިޔާބީތައް ހިއްސާކުރެއްވުމަށް ކޮމިޝަނުގައާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓްގައި ބައްދަލުވުންތަކެއް ބޭއްވުމަށާއި މަޝްވަރާކުރުމަށްވަނީ ރޭވިފައެވެ. އަދި ރާއްޖެއަށް ކުރައްވާ މި ޒިޔާރަތުގައި މިނިސްޓްރީ އޮފް އެންވާރުމަންޓާއި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023