13 މެއި 2019
ފަސް ދުވަހުގެ ރަސްމީ ޒިޔާރަތެއް ރާއްޖެއަށް ކުރައްވަމުންގެންދަވާ ބަންގްލަދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނުގެ 2 މެންބަރުންނާއި 3 މުވައްޒަފުންގެ ވަފުދު، މިއަދު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން އާ ބައްދަލުކުރައްވާފިއެވެ. މި ޒިޔާރަތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން މި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްޠަފާއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އިން ކުރިއަށް ގެންދާ މަސައްކަތްތަކާގުޅޭ ގޮތުންނާއި އަދި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކެއްވާ ޤައުމަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާ އަދި ބަޖެޓްގެ ދަތިތަކާ ގުޅިގެން ތިމާވެށްޓާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މިއަދުގެ މި ބައްދަލުވުމުގައި މިނިސްޓަރ ގެ އިތުރުން މިނިސްޓްރީގެ އިސް ފަންތީގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޒިޔާރަތުގައި މިނިސްޓްރީގެ މަސައްކަތް ހިނގަމުންދާ ގޮތާއި ގުޅޭ މަޢުލޫމާތާއި ސިވިލް ސަރވިސް މުވައްޒަފުންގެ ކަންކަން ބަލަހައްޓާގޮތުގެ މަޢުލޫމާތު ޙިއްސާކުރެވުނެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023