ބަންގްލަދޭޝް އިން ޒިޔާރަތްކުރައްވަމުންދާ ވަފުދު ސީ.އެސް.ޓީ.އައި އަށް ޒިޔާރަތްކުރައްވައިފި

14 މެއި 2019



ފަސް ދުވަހުގެ ރަސްމީ ޒިޔާރަތެއް ރާއްޖެއަށް ކުރައްވަމުންގެންދަވާ ބަންގްލަދޭޝް ޕަބްލިކް ސަރވިސް ކޮމިޝަނުގެ  ވަފުދު މިއަދު ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓަށް ޒިޔާރަތްކުރައްވައިފިއެވެ.
އެބޭފުޅުންނަށް ސީ.އެސް.ޓީ.އައިގެ އިމާރާތަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ އިސްތިޤްބާލު ކުރެއްވެވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ފާތިމަތު ހަބީބާއެވެ. މި ޒިޔާރަތުގައި ސީ.އެސް.ޓީ.އައި ގެ ކުލާސްތަކާއި، ދެމުންދާ ޚިދުމަތްތައް ހުރިނެތްގޮތް ބައްލަވާލައްވަވައި އަދި އިންސްޓިޓިއުޓްގެ ކެޕޭސިޓީ (ޤާބިލުކަން) އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި ސިވިލް ސަރވިސް ގެ ކަންތައްތައް 2 ގައުމުގެ ދެމެދުގައި ރޭވި ހިނގޭގޮތާއި، ކުރިއެރުވުމަށްކުރެވޭ މަސައްކަތާ ގުޅޭ ގޮތުންވެސް ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މިއަދުގެ ރަސްމީ ބައްދަލުވުމަށްފަހު ބަންގްލަދޭޝްގެ ވަފުދު މާދަމާ މިނިސްޓްރީ އޮފް އާރޓުސް، ކަލްޗަރ އެންޑް ހެރިޓޭޖަށާއި، ދާރުލްއާސާރަށާއި މާލެ ހުކުރު މިސްކިތަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް