މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓަރަކްޗަރ ބަދަލުކުރުމާ ބެހޭގޮތުންނާއި، އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ބަދަލު އިމާމުން ހަމަޖައްސަވާއިރު ލޯފަން އިމާމުމްނަށް އިސްކަންދީގެން ވަޒީފާ ހަމަޖެއްސުމާ ބެހޭގޮތުން މަޢުލޫމާތް ހިއްސާކުރުމުގެ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އާއިއެކު އެމިނިސްޓްރީ ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވަވައިފިއެވެ.
ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުޙައްމަދު އާއި މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސޭނާއި، ކޮމިޝަނުގެ މެންބަރު ފާތްމަތު އާމިރާ އިސްކޮށް ބައިވެރިވެވަޑައިގަތް މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓްރީއިން ބޭނުންވާކަންކަމުގައި ކޮމިޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުން އެމިނިސްޓްރީއަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް މިނިސްޓަރަށްއެރުވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026