ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ކޮމިޝަނުގެ ރައީސް ޝަރަފުވެރިކޮށްދެއްވައިފި

10 ޑިސެމްބަރ 2018



ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ހިއުމަންރައިޓް ކޮމިޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި މި ޖަލްސާއަކީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމާއި އަދި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރު އދ އިން ފާސްކުރިތާ 70 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމާއި ރާއްޖޭގެ ހިއުމަންރައިޓް ކޮމިޝަން އުފެދުނުތާ 15 އަހަރުފުރޭ އަހަރީ ދުވަސްވެސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގައި އިންސާނީ ޙައްޤުތަކާބެގޭ ޢާންމުޤަރާރާ ބެހޭގޮތުން މައުލޫމާތު ދިނުމާއި ހިއުމަންރައިޓް ކޮމިޝަނުން ވޭތުވެދިޔަ މުއްދަތުގައި ހާޞިލްކޮށްފައިވާ މުހިންމު ކުރިއެރުންތަކާބެހޭގޮތުން ޕްރެޒެންޓޭޝަން ހުށަހަޅާފައިވެއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ ރާއްޖޭގައި އިންސާނީ ޙައްޤުތައް ފެށިގެން ކުރިއަރަމުންއައި ގޮތުގެ މައްޗަށް ތާރީޚީ ނަޒަރަކުން ބައްލަވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ފުރަތަމަ ރާއްޖޭގައި އިންސާނީ ޙައްޤުތައް ފެށިގެންގޮސްފައި ވަނީ ރާއްޖެ އިސްލާމްވި ހަމައިން ކަމަށާއި އޭގެ ފަހުން އެކިއެކި ރަސްކަމުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެކިއެކި މަސައްކަތްތައް ކުރެވުނުކަން ފާހަގަކުރައްވާ ވަކިން ޚާއްޞަކޮށް މި މަސައްކަތްތަކުގެ ތެރޭން 1932 ވަނަ އަހަރު އުފެދުނު ޤާނޫނު އަސާސީގައި މުހިންމު ގިނަ އަސާސީ ހައްޤުތަކެއް ހިމަނިގެންދިޔަކަން ޑރ. ޢަލީ ޝަމީމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑރ. ޢަލީ ޝަމީމުގެ ވާހަކަފުޅުގައި ވަނީ މިހާރު ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިޖަލްސާގައި، ހިއުމަންރައިޓް ކޮމިޝަނުގައި 10 އަހަރު ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިއުން ހަވާލުކޮށްދެއްވުމާއި އެ ކޮމިޝަނަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިއުން ހަވާލުކުރުންވެސް މި ޖަލްސާގައި ކުރިޔަށްދިޔައެވެ. މި ލިއުންތައް ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް