23 މެއި 2019
މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އެ ހޮސްޕިޓަލްގެ އިސް ފަންތީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ޓްރެއިނިންގ ސެޝަން ނަންގަވައިދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. " ސްޕަރވިޝަން/ވާނުވާބެލުން" މި މައުޟޫގެ ދަށުން ވާނުވާބެލުމަށް އަމަލުކުރާގޮތާއި، މިކަންކުރުމަށް ހިނގާ ކަންކަމާއި އަދި މިކަން ވަޒީފާއެއްގެ ގޮތުގައި ކުރިއަށްގެންދެވިދާނެ ގޮތްތަކާމެދު މިއަދުގެ ސެޝަންގައި ވަނީ މަޝްވަރާކުރެވިފައެވެ. އަދި ސްޕަރވައިޒަރެއްގެ ބޭނުމަކީ ތަނުންދޭ ޚިދްމަތްތަކާއި އުފައްދާ ތަކެތި އެތަނަކަށް ލިބިގެންވާ ވަސީލަތްތައް އެންމެ ހެޔޮގޮތުގައި ބޭނުންކޮށްގެން އޮމާންކަމާއި އަމާންކަމާއެކު ކުރިއަށްދޭތޯ ބެލުމުގެ ޒިންމާ ނެގުންކަމުގައިވެސް ޑރ. އަލީ ޝަމީމް ދެންނެވިއެވެ.
މި ސެޝަނަކީ މިއީ މިގޮތަށް ކޮމިޝަނުގެ ރައީސް އައި.ޖީ.އެމް.އެޗް ގެ އިސް މުވައްޒަފުންނަށް ނަންގަވައިދެއްވާ ދެވަނަ ސެޝަނެވެ. މި މަހު ކުރީކޮޅުގައިވެސް ވަނީ "ސްޕަރވިޝަން/ވާނުވާބެލުން" މި މައުޟޫގެ މައްޗަށް އައި.ޖީ.އެމް.އެޗް ގައި ސެޝަނެއް ނަންގަވައިދެއްވާފައެވެ. މިއަދުގެ މި ސެޝަންގައި އައި.ޖީ.އެމް.އެޗް ގެ ސްޕަރވައިޒް ލެވެލްގެ 20 ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026