
ޕާކިސްތާނުގަި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް ނުވަތަ ސެޓްލައިޓް ނޫންނަމަ އިންޓަރނެޓް ގެ ޒަރިއްޔާއިން ދުރުންދޭ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ އެންމެ ބޮޑު ޔުނިވަރސިޓީ ކަމުގައިވާ ވާރޗުއަލް ޔުނިވަރސިޓީ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އިއްޔެ ފަހުމުނާމާއެއް އެކުލަވާލައި އޭގައި ދެފަރާތުން ސޮއިކޮށްފިއެވެ. މި ފަހުމުނާމާގެ މަޤްސަދަކީ ދެފަރާތު ދެމެދު ރަސްމީކޮށް ގުޅުންގާއިމްކޮށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި މިހާރު ދެވެމުންދާ ދުރުންދޭ ތަމްރީނުގެ ދައުރުފުޅާކޮށް ވާރޗުއަލް ތަމްރީނުދިނުން ތަރައްޤީ ކުރުމުގައި ވާރޗުއަލް ޔުނިވަރސިޓީ އިން ފަންނީ އަދި މާހިރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ވާރޗުއަލް އެޑިޔުކޭޝަން ނުވަތަ ތަމްރީނު ދެވޭނެ ގޮތް ހަމަޖެހިގެންދިއުމަކީ ސިވިލް ސަރވަންޓުން މާލެއައުމުގެ ބަދަލުގައި ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން މާލޭގައި ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދިއުމެވެ. މި ނިޒާމު ރަނގަޅަށް ގާއިމްކުރެވިއްޖެނަމަ، ވަގުތާއި އެތަކެއް ޚަރަދު ކުޑަވެގެންދާނެއެވެ. ނަމަވެސް، ވީޑިއޯ ކޮންފަރެންސް ގެ ޒަރިއްޔާއިން ޓީވީ ސްކްރީނުން ކިޔަވާދެއްވާ ލެކްޗަރު ދެއްވަވާ ފިލާވަޅުތަކާއި ތަމްރީނުތައް ވަގުތުން ބަލައިއަޑުއަހައި އަދި ސުވާލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ވާރޗުއަލް އެޑިޔުކޭޝަން ގެ ޒަރިއްޔާއިން ތަމްރީނުދިނުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ލާހޯރުގައި ހުންނަ ވާރޗުއަލް ޔުުނިވަރސިޓީ އިންވަނީ ކޮމިޝަނަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި އިއްޔެ ސޮއިކުރެވުނު ފަހުމުނާމާއަށް މަރުޙަބާ ވިދާޅުވެ އެ ޔުނިވަރސިޓީގެ ރެކްޓަރ ވިދާޅުވީ ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އެ ޔުނިވަރސިޓީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރުމަށް ވިސްނަވަމުން ގެންދަވާކަމަށެވެ. މިކަން ހަމަޖެހިއްޖެނަމަ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގައި ވާރޗުއަލް އެޑިޔުކޭޝަންދިނުން ފުޅާކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަމާބެހޭ ދިރާސާއެއް ހެދޭނެކަމަށެވެ.
އިއްޔެ ލާހޯރުގައި ހުންނަ ޕާކިސްތާނުގެ ވާރޗުއަލް ޔުނިވަރސިޓީ އާއި ކޮމިޝަނާދެމެދު ގާއިމުކުރެވުނު ފަހުމުނާމާގައި ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. ވާރޗުއަލް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވެވީ އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވެވީ އެ ޔުނިވަރސިޓީގެ ރެކްޓަރ މިސްޓަރ ނައީމް ތާރިޤް އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ވާހަކަފުޅުދައްކަވުމުން ޕާކިސްތާނަށް ކުރެއްވި ޒިޔާރަތުގައި އެންމެ އަވަހަށް ނަތީޖާއެއް ނެރެވުނީ ވާރޗުއަލް ޔުނިވަރސިޓީ އާއި އެކުގައިކަން ފާހަގަކޮށް ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ފަހުމުނާމާ ގާއިމްކުރެވޭނެގޮތް ފަހިކޮށްދެއްވީތީ ވާރޗުއަލް ޔުނިވަރސިޓީ އަށް ޝުކުރު އަދާކުރެއްވެވިއެވެ. އަދި އެ ޔުނިވަރސިޓީގެ ގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް މަރުޙަބާ ކިއުއްވާނެކަމުގައި ވިދާޅުވިއެވެ.
ފަހުގެ ޚަބަރުތައް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025

ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
.jpg)
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025

ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
.png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024