2019 ވަނަ އަހަރުގެ ޔުނައިޓެޑް ނޭޝަންސް ގެ ޕަބްލިކް ސަރވިސް ފޯރަމް ގައި ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރިވެވަޑައިގެންފި

26 ޖޫން 2019



ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) އިން ކޮންމެ އަހަރަކު ބާއްވާ ޔުނައިޓެޑް ނޭޝަންސް ގެ ޕަބްލިކް ސަރވިސް ފޯރަމް ގައި ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރިވެވަޑައިގެންފި އެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި ފޯރަމް ގައި މި އަހަރު ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަނުގެ ސީނިއަރ ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް އަލްފާޟިލާ ނަފްހާ ހުސައިން އެވެ. މި މަހުގެ 26-24 އަށް އަޒަރްބައިޖާން ގައި ބޭއްވުނު މި ކޮންފަރެންސްގެ މި އަހަރުގެ މައުޟޫ އަކީ " އެޗީވިންގ ދަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ތްރޫ އިފެކްޓިވް ޑެލިވެރީ އޮފް ސަރވިސަސް، އިނޮވޭޓިވް ޓްރާންސްފޯރމޭޝަން އެންޑް އެކައުންޓަބަލް އިންސްޓްޓިއުޝަންސް" އެވެ. މި ފޯރަމް ގައި 9 ވޯރކްޝޮޕެއް ކުރިއަށް ގެންގޮސްފައިވާއިރު އަލްފާޟިލާ ނަފްހާ ހުސައިން ވަނީ " މޯބަލައިޒިންގ އެންޑް އިކިއުޕިންގ ޕަބްލިކް ސަރވަންޓްސް ޓު ރިއެލައިޒް ދަ 2030 އެޖެންޑާ" މި މައުޟޫގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ވޯރކްޝޮޕްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފޯރަމްގެ ޒަރިއްޔާއިން އެކި ގައުމުތަކުގެ މިނިސްޓަރުންނާއި ސަރުކާރުގެ އެހެނިހެން އިސް ފަންތީގެ ބޭފުޅުންނަށް އެގައުމެއްގެ "ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް" ހާސިލް ކުރުން ކުރިއެރުވުމަށް ކުރެވިދާނެ ކަންތަކާ ބެހޭގޮތުން ވިސްނާލުމުގެ ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. އަދި ހަމަ އެއާއެކު އެޖެންޑާ 2030 އެސް.ޑީ.ޖީ ހާސިލްކުރުމުގައި އަލަށް ކުރިމަތިވަމުންދާ ގޮންޖެހުން ތަކާއި ޓްރެންޑު ތަކާ މެދު މި ފޯރަމްގެ ބައިވެރިންނާ އެކު ބަހުސްކުރުމާއި، ޙިދުމަތް އެންމެ ރަނގަޅައް ފޯރުކޮށް ދިނުމުގައި ބޭނުން ކުރަންވީ އުސޫލުތަކާއި ގޮތްތަކާ މެދު ޙިޔާލު ބަދަލު ކުރުމަށްވެސް ފުރުސަތު ލިބިގެން ގޮސްފައިވެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307