އެން.އެސް.ޕީ.ޕީ އިން އިތުރު އެހީވެދެއްވާނެ ކަމުގައިވިދާޅުވެއްޖެ

26 ޖޫން 2019



ޕާކިސްތާނުގެ ލާހޯރު ސިޓީގައި ހުންނަ ނެޝަނަލް ސްކޫލް އޮފް ޕަބްލިކް ޕޮލިސީ ގެ ފަރާތުން ދިވެހި ސިވިލް ސަރވަންޓުންނަށް ތަމްރީނުވުމަށްދެވޭ ފުރުސަތު އިތުރުކޮށްދެއްވޭތޯ ބައްލަވާނެކަމުގައި އެ ސްކޫލުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވެވީ އިއްޔެ މިސްކޫލަށް ޒިޔާރަތް ކުރެއްވެވި ސިވިލް ސަރވިސްގެ ވަފުދުގެ މެންބަރުންނާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި އެން.އެސް.ޕީ.÷ޕީ ގެ ފަރާތުން އެންމެ އިސްކޮށް އިންނެވީ އެތާނގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ޕޮލިސީ ގެ ޑީން މިސްޓަރ ޝާހިދު ރަހީމް އެވެ. ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް އިންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސެއިންއެވެ.
ޕާކިސްތާނުގައި ސިވިލް ސަރވިސް ގެ ޚިދްމަތުގައި މަސައްކަތްކުރާ ޑިރެކްޓަރ ޖެނެރަލް ފެންވަރުގެ އިސްފަރާތްތަކަށް ޚިދްމަތުގައިތިއްބަވަނިކޮށް ތާޒާކުރުމުގެ ކޯސްތައް އެންމެފުޅާ ދާއިރާއެއްގައި ހިންގާ އެން.އެސް.ޕީ.ޕީ އަށް ކޮމިޝަނުގެ ވަފުދު އިއްޔެ ޒިޔާރަތް ކުރެއްވެވީ މިހާރު ޕާކިސްތާނުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވަވާ ރަސްމީ ދަތުރުފުޅެއްގެތެރެއިންނެވެ. އެން.އެސް.ޕީ.÷ޕީ އަކީ ކޮމިޝަނާއެކު، އެއްބާރުލުން އިތުރުކުރުމުގެ މަޤްސަދުގައި ޕާކިސްތާނުގެ އިދާރާއަކުން ފަހުމުނާމާއެއް ގާއިމުކުރެވުނު ފުރަތަމަ އިދާރާއެވެ. އަދި މިތަނުގައި އަލަތު ދިވެއްސެއްގެ ގޮތުން ފުރަތަމަ ތަމްރީނު ހޯއްދެވެވި ފަރާތަކީ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ސަޢީދެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307