ދިވެހި އެމްބަސީ އަށް ސީ.އެސް.ސީ ވަފުދު ޒިޔާރަތްކުރައްވަވައިފި

25 ޖޫން 2019



ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދަށާއި ލާހޯރަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ސިވިލް ސަރވިސް ގެ 5 މެންބަރުންގެ ވަފުދު އިސްލާމް އާބާދުގައި ހުންނަ ދިވެހި އެމްބަސީ އަށް ޒިޔާރަތް ކުރައްވައިފިއެވެ.
ވަފުދު އެމްބަސީ އަށް ޒިޔާރަތްކުރެއްވުމުން މަރުޙަބާ ވިދާޅުވީ މި ވަގުތު އެމްބަސީ ހިންގެވުމާއި ހަވާލުވެވަޑައިގެންހުންނެވި ޑެޕިއުޓީ ހެޑް އޮފް މިޝަން އަލްފާޟިލް އަޙްމަދު މުޖްތަބާއެވެ. މި ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ތިއްބެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސެއިންއެވެ.
މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ އެކިއެކި މުއައްސަސާތަކަށް ސީ.އެސް.ސީ ގެ ވަފުދު ޒިޔާރަތް ކުރައްވަވައި، ކުރިއަށްއޮތްތާނގައި މިދަތުރުގެ ސަބަބުން މާނަވީ ފައިދާއެއް ކުރާނެގޮތައް އެއްބަސްވެވިފައިވާކަން ކާމިޔާބު ކުރެވޭތޯ އެމްބަސީގެ އެހީތެރިކަންދެއްވަވައި ވާނުވާގޮތް ބައްލަވާދެއްވުމަށް ކޮމިޝަނުގެ ރައީސް ދިވެހި އެމްބަސީ ގައި އެދިވަޑައިގަތެވެ. އަދި އަބަދުވެސް އެމްބަސީ އިން ކޮމިޝަނަށް ދެއްވަވާ އެއްބާރުލުމާއި އަރުވަމުން ގެންދަވާ މެހުމާންދާރީ އަށް ފަށްފަށުން ޝުކުރު ދެންނެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް