ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދު ޕާކިސްތާނުގެ ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށް މަޝްވަރާ ބައްދަލުވުންތައް ބާއްވައިފި

21 ޖޫން 2019



ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް މި ހިނގާ ޖޫންމަހުގެ 20 ން 30 އަށް ޕާކިސްތާނަށް ރަސްމީ ދަތުރެއް ކުރައްވަމުން އެބަގެންދަވައެވެ. ޕާކިސްތާނަށް ކުރާ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ސިވިލް ސަރވިސް ކޮމިޝަނާއި، ޕާކިސްތާނުގެ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރާ މުއައްސަސާތަކާ ގުޅުންބަދަހިކޮށް، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖްރިބާގެ ފުރުޞަތުތައް ހޯދުމެވެ.

މި ދަތުރުގައި 21 ޖޫން 2019 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދު، ޕާކިސްތާނުގެ ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށް މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ ކޮމިޝަނުގެ ދޭތެރޭގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ކުރިއަށްދާނެގޮތާ މެދު ދެ ކޮމިޝަނުގެ ދެމެދުގައި އެއްބަސްވެވުނެވެ. އަދި ސިވިލް ސަރވިސް ގެ ކަންތައްތައް 2 ގައުމުގެ ދެމެދުގައި ރޭވި ހިންގޭގޮތާއި، ޕާކިސްތާނުގެ ސިވިލް ސަރވަންޓުންގެ އެންޓްރެންސް ޓެސްޓު ކުރިއަށްދާގޮތާ ގުޅޭގޮތުން 2 ފަރާތުގެ ދެމެދު ޕްރެޒެންޓޭޝަންތައް ހުށަހަޅައި މަޢުލޫމާތު ހިއްސާކުރެވުނެވެ.

1947 ވަނަ އަހަރު ޕާކިސްތާން މިނިވަންވުމަށް ފަހު އުފެދުނު ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަނަކީ  8 މެންބަރުންގެ މައްޗަށް އެކުލެވޭ މިނިވަން މުއައްސަސާއެކެވެ. ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރަނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިހާރުގެ އެ ކޮމިޝަނުގެ ރައީސަކީ މިސްޓަރ ހަސީބް އަތްހަރެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް