ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ޕާކިސްތާނަށް ޒިޔާރަތްކުރައްވަނީ

20 ޖޫން 2019



ސިވިލް ސަރވިސް ގެ ވަފުދެއް މި ޖޫން މަހުގެ 20 އިން 30 އަށް ޕާކިސްތާނަށް ދަތުރުފުޅެއްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން  އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސައިން އާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓްޓިއުޓް ގެ ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ހަބީބާ އާއި ސީނިއަރ އެޑްމިނިސްޓްރޭޓިވް އެގްޒެކްޓިވް އަލްފާޟިލާ ޢާއިޝަތު ހަމީދާ އަދި ސީނިއަރ ފައިނޭންސް އެގްޒެކެޓިވް އަލްފާޟިލް ޝަހުމީލް އަހުމަދެވެ.

މި ދަތުރުފުޅުގައި ޕާކިސްތާނުގެ ފެޑެރަލް ޕަބްލިކް ސަރވިސް ކޮމިޝަނަށާއި އަދި ސިވިލް ސަރވިސް އެކެޑަމީ އާއި ޕާކިސްތާނުގެ ބައެއް ޔުނިވަރސިޓީ ތަކަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ވަފުދު އިސްލާމްއާބާދް، ލަހޯރް އަދި މޫރީ އަށް ވެސް ދަތުރުފުޅުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް