ކަޒަކިސްތާނުގެ އެކެޑަމީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއެކު ކޮމިޝަނުން މަޝްވަރާކޮށްފި

14 ޖޫން 2019



އާސްތާނާ ސިވިލް ސަރވިސް ހަބް ގެ އަހަރީ ކޮންފަރެންސް ގައި ބައިވެރިވުމަށް ކަޒަކިސްތާނުގެ ވެރިރަށް ނޫރު ސުލްތާން އަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދު، ކަޒަކިސްތާނުގެ އެކެޑަމީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވަވައި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކޮށް ސިވިލް ސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ހާސިލް ކުރުމަށް ފުރުސަތު ހޯދުމާގުޅޭގޮތުން މަޝްވަރާކުރައްވަވައިފިއެވެ.

ކަޒަކިސްތާނުގެ އެކެޑަމީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ފަރާތުން އިސްކޮށް މި މަޝްވަރާބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެތަނުގެ ވައިސް ރެކްޓަރ އާލިޔާ މުހައްމަދު ޒަހްނޮވާ އެވެ. ކޮމިޝަނުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި މެންބަރު ފާތުމަތް އާމިރާ އެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ދެފަރާތުގެ ގުޅުން ބަދަހިކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރުމަށް އެއްބަސްވެވުނެވެ. އެކަޑަމީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަނަކީ ސިވިލް ސަރވަންޓުން ތަމްރީނުކުރާ އަދި މަތީ ތައުލީމު ފޯރުކޮށްދޭ ގައުމީ މަރުކަޒެކެވެ. މި އެކަޑަމީގައި ތާޒާކުރުމުގެ ކުރު ކޯސްތަކާއި އަދި މާސްޓާސް ޑިގްރީ އާއި ޕީ.އެޗް.ޑީ ޑިގްރީ އަށް ކިޔަވާދެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް