08 ޖޫން 2019
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިޔާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރުމަތިކޮށް ތަމްރީނުދިނުމާ ބެހޭ ގޮތުން އެކުލަވާލެވިފައިވާ، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން މޯލްޑިވްސް ސިވިލް ސަރވިސް އެންޑް ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް، ޑިޕާޓްމަންޓް އޮފް ޕަބްލިކް ރިފޯމްސް އެންޑް ގްރިވެންސަސް، އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ" ގެ ނަމުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުންނަށް ހުރިހާ ޚަރަދަކާއެކު ތަފާތު ދާއިރާތަކުން ތަމްރީނުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެން.ސީ.ޖީ.ޖީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށާއި ތަމްރީނު ކުރުމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒެވެ. އެގޮތުން މި އަހަރުގެ އެޕްރީލު މަހުގައި ވަނީ ސިވިލް ސަރވިސް ގެ 28 މުވައްޒަފަކު އެން.ސީ.ޖީ.ޖީ ގައި 2 ހަފްތާގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފަހުމު ނާމާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. އަދި އެން.ސީ.ޖީ.ޖީ ގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރައްވަވާފައިވަނީ އިންޑިޔާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ސަންޖޭ ސުދިރް އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026