އައި.ޖީ.އެމް.އެޗް ގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލް ގެ ކޮމްޕްލެކްސް ގެ ޚިދްމަތްތައް މިހާރު ފަށާފައިވާއިރު، ދެތަނަށްބޭނުންވާ މުވައްޒަފުން ސިވިލް ސަރވިސްގެ ތެރެއިން ހަމަޖެއްސުމުގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތައް ހައްލުކުރުމާގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި އައި.ޖީ.އެމް.އެޗް އާ ދެމެދު ސިލްސިލާ މަޝްވަރާތަކެއް މިއަދު ފަށައިފިއެވެ. މި މަޝްވަރާތަކުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ހުންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. އައި.ޖީ.އެމް.އެޗް ގެ ފަރާތުން އިސްކޮށް ހުންނެވީ އެ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ސަލީމެވެ. ދެފަރާތުގެ ދެމެދުގައި ސިލްސިލާކޮށް ބައްދަލުވުންތައް ފެށުމުގެ މަޤްސަދަކީ އައި.ޖީ.އެމް.އެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލް ކޮމްޕެލެކްސް އަށް ބޭނުންވާ ސިވިލް ސަރވަންޓުން ހަމަޖެއްސުމުގައި ދެފަރާތުން މަޝްވަރާކޮށް ހަލުވިކޮށް މުވައްޒަފުން ނެގޭނެ އިންތިޒާމެއް ހަމަޖެއްސުމާއި އަދި މިހާރު ތިބި މުވައްޒަފުންނަށް ދިމާވެފައިވާ ބައެއް ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026