އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވާ އެމްބެސެޑަރާ ކޮމިޝަނުގެ ރައީސް ބައްދަލު ކުރައްވައިފި

01 އޭޕްރީލް 2019



ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އިންޑިއާއިން އަލަށް ރާއްޖެއަށް ކަނޑައެޅުއްވި އެމްބެސެޑަރ ހިޒް އެކްސަލަންސީ މިސްޓަރ ސަންޖޭ ސުދިރް އާއި ބައްދަލު ކުރައްވައިފިއެވެ. އިންޑިއަން އެމްބަސީގައި ބޭއްވުނު މި ބައްދަލު ކުރެއްވުމުގައި މި ފެށޭ އޭޕްރިލް މަހުގެ 6 ކުން 21 އަށް އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯރ ގުޑްގަވަރނަންސް ތަމްރީން ޕްރޮގްރާމްގެ ދަށުން ދިވެހި ސިވިލް ސަރވިސް ގެ 30 މުވައްޒަފަކަށް ތަމްރީނާއި ތަޖުރިބާގެ ދަތުރެއް އިންޑިއާގެ ނިއު ދިއްލީ އަށް ހަމަޖައްސަވާއި ދެއްވާފައިވާތީ އެކަމަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.

އަދި މީގެ އިތުރުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން އިތުރު ތަމްރީން ޕްރޮގްރާމްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި އަދި އިންޑިއާއިން ދެއްވާފައިވާ ތަމްރީންތަކާ ބެހޭ ފޮތްތައް ސީއެސްޓީއައި ގެ ލައިބްރަރީއަށް ހަދިޔާ ކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލު ކުރެއްވުމުގައި ކޮމިޝަނުގެ ރައީސް ވަނީ އެމްބެސެޑަރ މިސްޓަރ ސަންޖޭ ސުދިރް، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓަށް ވަޑައިގެންނެވުމަށް ދައުވަތުވެސް އަރުވާފައެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ އެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307