ސިވިލް ސަރވިސް ކޮމިޝަނުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޙާއްސަ އޮޑިޓެއް ކުރިއަށް ގެންގޮސްފި

01 އޭޕްރީލް 2019



އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންތައްތަކާއި މުވައްޒަފުންނާ ގުޅޭ ބައެއް ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަމުންދާ ގޮތް ބެލުމަށް އަދި ހިއުމަން ރިސޯސް ސެކްޝަނާއި ގުޅޭ ބައެއް ކަންތައްތައް ބެލުމަށް ކުރިއަށްގެންދިޔަ ހާއްސަ އޮޑިޓެއް ނިންމަވާ ފާހަގަކުރެވުނު ކަންތައްތައް ކޮމިޝަނުން އައި.ޖީ.އެމް.އެޗް އާ މިއަދު ހިއްސާކުރައްވައިފިއެވެ.
ކޮމިޝަނުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ އެވެ. އައި.ޖީ.އެމް.އެޗްގެ ފަރާތުން އިސްކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ އައި.ޖީ.އެމް.އެޗް ގެ ސީއީއޯ އަލްފާޟިލް އިބްރާހިމް ސަލީމް އާ އަދި އައި.ޖީ.އެމް.އެޗް ގެ ޒިންމާދާރު ވެރިޔާ އަލްފާޟިލާ ޒައުފިޝާން އަބްދުﷲ ކަމާލުއްދީނެވެ.

މި އޮޑިޓް ކުރިޔަށް ގެންގޮސްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ އޮޑިޓް އެންޑް ޕަރފޮމަންސް ސެކްޝަނުންނެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް