އިންޑިއާގެ ނިއު ދިއްލީގައި ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ ސިވިލް ސަރވަންޓުންނާ އިންޑިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު މިސްޓަރ ސަންޖޭ ސުދިރު ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓްގައި ބައްދަލުކޮށްފި

04 އޭޕްރީލް 2019



އިންޑިއާގެ ނިއު ދިއްލީގައި މި މަހުގެ 7 އިން 21 އަށް ބާއްވާ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ 28 މުވައްޒަފުންނާއި އިންޑިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ސަންޖޭ ސުދިރް މިއަދު ސިވިލް ސަރވިސް ޓްރެއިނިންގް އަށް ކުރި ޒިޔާރަތެއްގައި ބައްދަލުކޮށްފިއެވެ. މި ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަނުގެ މެމްބަރ އަލްފާޟިލާ ފާތިމަތު އާމިރާ އެވެ. ސީ.އެސް.ޓީ.އައި ގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސިވިލް ސަރވިސް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އަލްފާޟިލާ ފާތިމަތު ހަބީބާ އެވެ.

އިންޑިއާގައި ބާއްވާ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ފާހަގަކޮށްލެއްވީ މި ތަމްރީނު ޕްރޮގްރާމަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރާ އެންމެ ފެންވަރު ރަނގަޅު އެއް އެކަޑަމީކަމަށް ވުމުން، ދިވެހި ސިވިލް ސަރވިސް މުވައްޒަފުން މިފަދަ ތަމްރީނު ޕްރޮގްރާމަކަށް ފޮނުއްވުމަކީ ލިބިލައްވާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ތަމްރީން ޕްރޮގްރާމްގައި އިންޑިއާގެ އުއްތަރުކަންޑު އަދި ނިއު ދިއްލީ، މި ދެ ސްޓޭޓްގެ އެކި ސިޓީތަކަށް ޒިޔަރާތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ވަނީ ހުރިހާ ބައިވެރިންނަށް މަރުޙަބާ ދަންނަވާ، މި ތަމްރީނު ޕްރޮގްރާމްގެ ބޭނުން ރަގަޅަށް ހިއްޕަވައި، އިންޑިއާ އާ ދިވެހި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މި ޒިޔާރަތުގައި ސީއެސްޓީ އައި ގެ ކުލާސްތަކާއި، ދެމުންދާ ޚިދުމަތްތައް ހުރިގޮތްބައްލަވާ ލައްވަވައި އަދި އިންސްޓިޓިއުޓްގެ ކެޕޭސިޓީ (ޤާބިލުކަން) އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ.

އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވާ ސިވިލް ސަރވިސްގެ ޓީމު 6 އެޕްރީލް 2019 ވާ ހޮނިހިރު ދުވަހުގެ ހަވީރު ފުރުމަށް ވަނީ ހަމަޖެހިފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް