11 ޑިސެމްބަރ 2018
ޖިންސީ ފުރައްސާރައަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮމިޝަނުފެ މުވައްޒަފުންނަށް އަމާޒުކޮށް 2 ދުވަހުގެ މަސައްކަތުބައްދަލުވުމެއް ފަށައިފި. މިއަދު ކޮމިޝަނުގައި ފެށި މި މަސައްކަތު ބައްދަލުވުމައި މައިގަނޑު ގޮތެއްގައި މައުލޫމާތުދީފައި ވަނީ މަސައްކަތުގެ މާހައުލުގައި ކުރެވޭ ޖިންސީ ފުރައްސާރައާ ބެހޭގޮތުންނެވެ. ކޮމިޝަނުގެ ސްޓާފުން ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތުދެއްވަނީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންގެ ޑިރެކްޓަރ އޮފް ކައުންސެލިން ސައިކޮލޮޖިކަލް ސަރވިސަސް ޝިޔާމާ އަންވަރާއި އެ އެންޖީއޯގެ ކައުންސެލަރ ތޯމާ ޢަބުދުއްސަމަދެވެ. މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށްގެންދާ މި މަސައްކަތުބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވާފައެވެ.
ފަހުގެ ޚަބަރުތައް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024