ސީ.އެސް.ޓީ.އައި ގެ ސްޕޯރޓުސް ފެސްޓިވަލް 2019 މިއަދު ފަށައިފި

05 އޭޕްރީލް 2019



ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގެ ފަރާތުން އިންތިޒާމްކޮށް ބާއްވާ ކުޅިވަރު ފޯވަހި ކަމުގައިވާ "ސީ.އެސް.ޓީ.އައި ސްޕޯރޓުސް ފެސްޓިވަލް 2019" މިއަދު ހެނދުނު 7:30 ގައި ހިރިޔާ ސްކޫލްގެ ގޯތިތެރޭ ދަނޑުގައި ފަށައިފިއެވެ. ސީ.އެސް.ޓީ.އައި ގައި ކޯސްތައް ހަދަމުންދާ ދަރިވަރުން އިސްނަގައިގެން ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނާއި ސީ.އެސް.ޓީ.އައި ގެ މުވައްޒަފުންނާއި ގުޅިގެން ބޭއްވޭ މި ސްޕޯރޓުސް ފެސްޓިވަލްގެ މަޤްސަދަކީ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙުދިރުވުމާއި (ޓީމް ސްޕްރިޓް) އަދި ކަސްރަތުގެ ހުނަރު ހޯދާ ދިނުމާއި އިޖްތިމާއީ އެކުވެރިކަން ބަދަހިކުރުމެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ މި ފެސްޓިވަލްގައި 5 ޓީމަކުން ބައިވެރިވެއެވެ. އަދި ވާދަވެރި މުބާރާތެއްގެގޮތުގައި ކުރިއަށް ގެންދެވޭ މި ކުޅިވަރު ފޯވަހީގައި ފުޓްސަލް އާއި ހޭންޑް ބޯޅަ ކުޅުމަށްވަނީ ރޭވިފައެވެ. ފެސްޓިވަލްގެ ނަތީޖާ ފާޅުކުރުމާއި އިނާމުދިނުން ނިންމާލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ރޭވިފައިވަނީ މިއަދު ހަވީރު މަޖީދިއްޔާ ސްކޫލްގެ ގޯތިތެރޭ އޮންނަ ޓާފް ދަނޑުގައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް