08 އޭޕްރީލް 2019
އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ " ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" ގެ ދައުވަތަކަށް ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ބައެއް މުވައްޒަފުންގެ އިތުރުން ސިވިލް ސަރިވސްގެ ބައެއް އިދާރާތަކުގެ 28 މުވައްޒަފަކު އިންޑިއާއަށް މިދިޔަ ހޮނިހިރު ދުވަހު ފުރައިފިއެވެ.
މިމަހުގެ 07 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގް ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ. މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ މި ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މައިސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒެވެ. ދެވަނަ ހަފުތާގައި ދެހެރާދުން، އުއްތަރުކަންޑު އަދި ނިއުދިއްލީ ގެ އެކި އިދާރާތަކާއި، ހާއްސަ ހެރިޓޭޖް ސައިޓުތަކަށާއި މަޝްޙޫރު ބައެއް ތަންތަނަށް ޒިޔާރަތްކޮށް އިޖްތިމާޢީ އަދި ހިންގުމުގެ ދާއިރާ އާ ގުޅޭ ތަޖުރިބާ ހޯދުމަށާއި އިންޑިއާގެ ތަރައްޤީގެ ކަންކަން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓްޓިއުޓްގެ ސީނިއަރ ޓްރެއިނިންގް ކޯޑިނޭޓަރ އާމިނަތު ރުޝްމާ އެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023