ދެ ޕަރމަނަންޓް ސެކްރެޓަރީން އެ ބޭފުޅުންގެ މަޤާމުގެ ވައުދުގައި ސޮއިކުރައްވައިފި

09 އޭޕްރީލް 2019



އަލަށް އައްޔަނުކުރެވުނު 2 ޕާރމަނަންޓް ސެކްރެޓަރީ އިންގެ މަޤާމުގެ ވައުދު ގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރޭގައިކުރިއަށް ގެންދެވިއްޖެއެވެ.

މި ގޮތުން ވައުދުގައި ސޮއިކުރައްވަވާފައިވާ ޕާރމަނަންޓް ސެކްރެޓަރީއިންނަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަށް އައްޔަނުކުރެވުނު އަލްފާޟިލް ޝަމްޢޫން ޙަމީދު އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް އަލަށް އައްޔަނުކުރެވުނު އަލްފާޟިލް މޫސާ ޟަމީރު ޙަސަން އެވެ.

މި ދެ ޕަރމަނަންޓް ސެކެރެޓަރީއިންނަށް މަރުޙަބާ ވިދާޅުވެ މަޤާމުގެ ވައުދު ހަވާލުކޮށްދެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް