11 އޭޕްރީލް 2019

މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމަކީ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލާ ބޭފުޅުންނާއި ކޮމިޝަނުގެ މެމްބަރުންނާއެކު މަޝްވަރާކޮށް އަދި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ކުރިއަށް ދާ ގޮތުގެ މަޢުލޫމާތު ކޮމިޝަނުގެ މެމްބަރުންނާ ހިއްސާކުރުމެވެ.
ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ހެދުމަށްޓަކައި އެ ޕްލޭންގައި ހިމެނޭ އެކި އެކި ސެކްޓަރ ތަކުގެ ސިޗުއޭޝަނަލް އެނަރލައިސިސް ހަދަމުންގެންދާތީ، މިކަމުގެ ބޭނުމުގައި ސިވިލް ސަރވިސްގެ އޯވަރވިއު އެއް ކޮމިޝަނުގެ ފަރާތުން ދެއްވުމަށްވަނީ އެއްބަސްވެވިފައެވެ. އަދި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލާ ބޭފުޅުންގެ އެއްވެސް އެހީތެރިކަމެއް ކޮމިޝަނުން ބޭނުންފުޅުކަމުގައި ވަނީނަމަ އެ ބޭނުންފުޅުވާ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ހުންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. އަދި ނެޝަނަލް ޑިވެލޮޕްމަންޓް ގެ ފަރާތުން އިސްކޮށް ހުންނެވީ އަލްފާޟިލް މުޙައްމަދު އިމާދެވެ.
ފަހުގެ ޚަބަރުތައް
.jpg)
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025

ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
.png)
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024