އެޓަރނީ ޖެނެރަލް އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

11 އޭޕްރީލް 2019



ސިވިލް ސަރވިސް ކޮމިޝަނުން އެޓަރނީޖެނެރަލް އަލްއުސްތާޛް އިބްރާހިމް ރިފްއަތް އާއެކު މަޝްވަރާ ބައްދަލުވުމެއް އެމަނިކުފާނުގެ އޮފީހުގައި މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ދިވެހި ސިވިލް ސަރވިސް ގެ ކަންކަމާގުޅޭގޮތުންނާއި އަދި އެޓަރނީ ޖެނެރަލް އޮފީހަށް ދިމާވެފައިވާ ބައެއް ދަތިތަކާމެދު މަޝްވަރާކުރައްވައި ހައްލުތަކެއް ހޯއްދެވުމެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ހަރުދަނާ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތް އެޓަރނީ ޖެނެރަލާއި ހިއްސާކުރެއްވެވިއެވެ. އަދި އޭޖީ އޮފީހުން ބޭނުންފުޅުވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެއިތުރުން ދިވެހި ސިވިލް ސަރވިސް ނަތީޖާ ރޭވޭގޮތަށް ގާބިލު މުވައްޒަފުންނާއެކު މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތައް އޭޖީ އާއި ހިއްސާކުރައްވަވައި މިކަންކަމަށް ހައްލުހޯދެވިދާނެ އިސްލާހީގޮތްތަކާ މެދުގައިވެސް ދެފަރާތު ދެމެދުގައި މަޝްވަރާކުރެވުނެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް