ބ. އަތޮޅު ރަށު ކައުންސިލްތަކުގެ މަހާސިންތާގައި ސިވިލް ސަރވިސް ކޮމިޝަނުން ބައިވެރިވެއްޖެ

14 އޭޕްރީލް 2019



ބ.އަތޮޅު ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ޒިންމާދާރުވެރިން ބައިވެރިވެވަޑައިގަންނަވާ ބ.އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ 2019 - ބ.އޭދަފުށީގައި މިހާރު ކުރިއަށް އެބަގެންދެއެވެ. ހޮނިހިރު ދުވަހު ފެށުނު މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުޙައްމަދެވެ. މިގޮތުން މި މަހާސިންތާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަނީ ސެޝަނެއް ނަގައިދެއްވާފައެވެ. " ކައުންސިލްތަކުގެ ޒިންމާދާރުވެރިންގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި ކައުންސިލާއި އޮންނަންޖެހޭ ގުޅުން" މި މައުޟޫއަށް ސެޝަން ނަގައިދެއްވައިފައިވަނީ ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ނައިބު ރައީސް އަދި ކޮމިޝަންގެ ހިޔުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް އަލްފާޟިލް މުޖާހިދު އަބްދުﷲ އެވެ.

2 ދުވަހަށް ކުރިއަށް ގެންދެވޭ މި މަހާސިންތާގެ އެންމެ ފަހު ދުވަހަކީ 14 އެޕްރީލް 2019 އެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307