އެންވަޔަރަންމަންޓް މިނިސްޓްރީން ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

13 ޑިސެމްބަރ 2018



އެންވަޔަރަންމަންޓް މިނިސްޓްރީން ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ތިމާވެށީގެ ދާއިރާއިން މިނިވަން މުވައްޞަސާތަކަށް އަމާޒުކޮށް ހިންގާ ތިމާވެށި ރައްކާތެރިކުރުމުގެ ޕްރޮގްރާމް ސިވިލް ސަރވިސް ކޮމިޝަނާއެކު ކުރިޔަށް ގެންދިއުމާބެހޭގޮތުން މަޝްވަރާކުރުމެވެ. މި މަޝްވަރާބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެންވަޔަރަމަންޓް މިނިސްޓްރީގެ ޓީމުގެ އިސްބޭފުޅަކަށް ހުންނެވީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަމްޖަދު މުސްޠަފާއެވެ. ކޮމިޝަނުގެ ފަރާތުން މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި މެންބަރުން އަދި ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307