ފޯނުތަކަށް ޖަވާބުދާރީ ވުމާއި ގުޅޭ ގޮތުން ރައީސް އޮފީހުން އެޑްވައިޒަރީ ކޮމިޓީގައި މަޝްވަރާކުރައްވައިފި

23 އޭޕްރީލް 2019



ސިވިލް ސަރވިސްގެ އިދާރާތަކުން ފޯނު ނުނަންގަވާ މައްސަލައަށް ހައްލު ހޯދުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވުނު 6 ވަނަ އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން އަންޑަރ ސެކްރެޓަރީ ޑރ. ޢިޞާމް މުޙައްމަދު އަދި ދިރާގުގެ ކަސްޓަމަރ ރިލޭޝަންސް ޑިރެކްޓަރ އަލްފާޟިލް އަލީ ރިޔާޒް ވަނީ މި ބައްދަލުވުމުގައި މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާއި ބައްދަލުކުރައްވާފައެވެ.

ޑރ. ޢިޞާމް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި މި މައްސަލައަށް ހައްލުހޯދޭނީ މަސައްކަތު މާހައުލުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންގެވެސް އެއްބާރުލުންލިބިގެންކަމަށާއި، ފޯނުތަކަށް ޖަވާބުދާރީ ނުވާ ސަބަބު އެ އިދާރާއަކުން ބަލައި، އެ އިދާރާއަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އިލްތިމާސް ކުރެއްވެވިއެވެ. ދިރާގު ގެ ކަސްޓަމަރ ރިލޭޝަންސް ގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލް ޢަލީ ރިޔާޒު ވަނީ ފޯނު ލައިނުތައް ބެލެހެއްޓުމަށް ހުރި ޒަމާނީ އެކި އެކި މެކޭނިޒަމްތަކުގެ މައުލޫމާތާއި، ދިރާގުން ދެއްވާ ޚިދުމަތްތަކުގެ ތަފްސީލު ޙިއްސާކުރައްވާފައެވެ. އަދި ވަކި ވަކި އިދާރާތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށާއި، މިހާރު ފޯނު ލައިނުތައް ބަލަހައްޓާ ގޮތް ބަލައި، އެންމެ ރަގަޅު ހައްލެއް ދިރާސާކުރުމަށް ދިރާގުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައިވެސް ޢަލީ ރިޔާޒު ދެންނެވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވީ މި މައްސަލަ އަށް ހައްލެއް ގެނައުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިގެންދާނެކަމުގައެވެ. މިގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ފޯނުން ދެމުން ގެންދާ ޚިދުމަތް ހަރުދަނާކުރުމަށް ސިވިލް ސަރވިސް އިދާރާތަކުން އަޅަންވީ ފިޔަވަޅުތައް ބަޔާންކޮށް ސަރކިއުލަރ ނޯޓެއް 22 އެޕްރީލް 2019 ގައި އާންމުކޮށްފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް