03 މާޗް 2019
ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްއިން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއެކު މަޝްވަރާކުރައްވައިފިއެވެ.
މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި، ނޭކުރެންދޫ ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމާއި އެ އިދާރާއަށް މުވައްޒަފުންގެ ދަތިކަންހުރިކަން ފާހަގަކޮށް އެކަންކަމާބެހޭ ގޮތުން ކޮމިޝަނާއެކު މަޝްވަރާކުރެވުނެވެ. އަދި ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް ނޭކުރެންދޫ ކައުންސިލްގެ ބޭފުޅުންނަށް އެރުވިއެވެ.
މި ބައްދަލުވުމުގައި ނޭކުރެންދޫ ކައުންސިލްގެ ފަރާތުން އިސްކޮށް ބައިވެރިވަޑައިގެންނެވީ ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް މައޫޒު އާއި ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް ޢަލީ އާދަމާއި ކައުންސިލްގެ މެމްބަރ އަލްފާޟިލް މުޙައްމަދު ޒާހިރު އާއި އަދި ކައުންސިލް އިދާރާގެ އެޑްމިން އޮފިސަރ އަލްފާޟިލް އަލީ ޝިހާމެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023