06 މާޗް 2019
                                
ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން 2 މުވައްޒަފަކު މި މާރޗް މަހުގެ 3 އިން 5 އަށް ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވައި ފުވައްމުލަކު މޭޔަރ އަލްފާޟިލް އަބްދުﷲ ފަލާހް ޝަރީފާއި އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ މެންބަރުންނާ ބައްދަލުކުރައްވަވައިފި އެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑު އެކުލަވާލައި އަދި އެ އޮނިގަނޑަށް މުވައްޒަފުން ފެއްތުމެވެ. އަދި އޭގެ އިތުރުން ވިއުގަ 2.0 ގެ ޚާއްސަ ޓްރޭނިންގ އެއް ވެސް ވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންގޮސްފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވީ މި ކޮމިޝަނުގެ އޯރގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް އެންޑް ކޮމްޕެންސޭޝަން ޔުނިޓްގެ 2 މުވައްޒަފުން ކަމުގައިވާ އަލްފާޟިލާ މަރިޔަމް ސާއިމާ އާއި އަލްފާޟިލާ އާމިނަތު ސަނާ އެވެ.
ފަހުގެ ޚަބަރުތައް
                                މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަގުތީ ކޮމެޓީ އެކުލަވާލައިފި
21 ސެޕްޓެމްބަރ 2025
ކޮމްޕްލިއެންޓްސް މޮޑިއުލް އިފްތިތާޙުކޮށްފި
27 އޯގަސްޓް 2025
އަޔަލޭންޑުގެ ސަފީރު ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކުރައްވައިފި
04 ފެބްރުއަރީ 2025
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024