ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބާއްވައިފި

07 މާޗް 2019



ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން އިސްނަގައިގެން ޚާއްޞަ ސެޝަނެއް މިއަދު ބާއްވައިފިއެވެ. މިއަދު ސްޓެލްކޯ ގެ އޮޑިޓޯރިއަމުގައި ބޭއްވި މި ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވީ ޕާރލިމެންޓް މެމްބަރ އަލްފާޟިލާ އީވާ ޢަބްދުﷲ އާއި ސިވިލް އިންޖިނިއަރ ގެ މަޤާމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލާ އާއިޝަތު ބަރިއްޔާ އަދި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އަފާލް އަހްމަދެވެ. މިއަދުގެ މި ސެޝަންގައި ވާހަކަދެކެވިފައިވަނީ " ބެލެންސް ފޯރ ބެޓާރ: އެމްޕަވަރިންގ ވިމެން އިން ސިވިލް ސަރވިސް" މި މައުޟޫގެ މައްޗަށެވެ.

މިސެޝަނުގެ ޕެނަލިސްޓުންނަށް އޯޑިއަންސުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ސުވާލުކުރުމާއި ޖަވާބުދިނުމުގެ ސެޝަނެއް ވެސް ކުރިޔަށް ގެންދިޔައެވެ، އަދި ސެޝަނުގައި މަޢުލޫމާތު ދެއްވި ޕެނަލިސްޓުންނަށް ކޮމިޝަނުގެ ފަރާތުން ހަނދާނީ ލިއުމާއި ހަދިޔާއެއް އެރުވުންވެސް ކުރިޔަށްދިޔައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް