މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ ފަރާތުން ކޮމިޝަނާއެކު މަޝްވަރާ ކުރައްވައިފި

11 މާޗް 2019



ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގައި ކުރިއަށް ގެންދިއުމުގައި ދިމާވާ ބައެއް ދަތިތަކާއި ބައެއް މުވައްޒަފުން ނުލިބިވާތީ ދިމާވާގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާމެދު މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ ރައީސް ޑރ ޢަލީ ޝަމީމާއިއެކު މަޝްވަރާކުރައްވައިފިއެވެ.

މާފަރު ކައުންސިލްގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުލްމާޖިދު ޢަލީ އާއި ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް ޒަކަރިއްޔާ މުހައްމަދުފުޅުގެ އިތުރުން ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އަހްމަދު ބަދީޢު އެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް މާފަރު ކައުންސިލްގެ ބޭފުޅުންނަށް އެރުވިއެވެ. އަދި ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމުގައި އިދާރީ އޮނިގަނޑުގައި ހުރި ހުސް މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދިޔުމަކީ މުހިންމުކަމެއްކަމަށްވާތީ، މިކަމާގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއި މަޝްވަރާ ކުރައްވައި ހައްލު ހޯދުމަށް އެއްބަސްވެވުނުނެވެ.


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307