މާލޭގައި ބިނާވެގެންވާ މިނިސްޓްރީތަކާއި އަދި ސިވިލް ސަރވިސްގެ ބޮޑެތި އިދާރާތަކުގައި އިންސާނީ ވަސީލަތް ރާވައި ބަލަހައްޓާ އިސްމުވައްޒަފުންނަށް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ޚާއްޞަ ތަމްރީނު ސެޝަނެއް ނަންގަވައިދެއްވައިފިއެވެ.
އިއްޔެ ސިވިލް ސަރވިސް ޓްރެއިނިންގ ސެންޓަރުގައި ބޭއްވުނު މިތަމްރީނު ސެޝަންގައި 74 މުވައްޒަފަކު ބައިވެރިވެފައިވެއެވެ. ކޮމިޝަނުގެ ރައީސް މިފަރާތްތަކަށް މަޢުލޫމާތްދެއްވާފައިވަނީ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި ސައިންޓިފިކް މެނޭޖްމަންޓް ބޭނުންކުރާނެގޮތާއި އަދި މި މަސައްކަތް ރަނގަޅު ފެންވަރެއްގައި މައްސަލަނުޖެހޭގޮތައް ބޭނުންކުރުމަށް ޢަމަލުކުރެވި ދާނެގޮތްތަކާއި އަދި ކަންކަން ފައްސިޔަކޮށް ގެންދިއުމަށް ބޭނުންކުރެވިދާނެ ތަކެތި އާ ބެހޭގޮތުންނެވެ. މިގޮތުން ސްޓާފް ޑިވެލޮޕްމެންޓް ޕްލޭނާއި، ސެކްޝަން މެނުއަލް އާއި އެކްޝަން ޕްލޭން ތައްޔާރުކުރާނެގޮތާއި އޭގައި ހިމަނާނެ ބައިތަކާ ބެހޭގޮތުން މިސާލާއެކު މަޢުލޫމާތް ހިއްސާކުރެއްވެވިއެވެ. މީގެ އިތުރުން ހިއުމަން ރިސޯސް މެނޭޖްމަންޓާއި ބެހޭގޮތުން 2018 ވަނައަހަރު ސައުތްކޮރިއާގެ މިނިސްޓްރީ އޮފް ޕާރސެނެލް މެނޭޖްމަންޓުން ނެރެފައިވާ އަތްމަތީފޮތެއް ބައިވެރިންނާއި ހިއްސާކުރެއްވެވިއެވެ.
އިއްޔެ ބޭއްވުނު ތަމްރީން ސެޝަންގައި މިމަހުގެތެރޭގައި ސިވިލް ސަރވިސްގެ ޅަދަރިމައިންނަށާއި ބަފައިންނަށް ދޭން ހަމަޖެއްސެވި އިނާޔަތާ ގުޅޭގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތް ހިއްސާކުރެވުނެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023