19 ފެބްރުއަރީ 2019
އޯމާންގެ ވެރިރަށް މަސްކަޓް އަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ކުރައްވަމުނެ ގެންދަވާ ޒިޔާރަތުގެ ތެރެއިން އިއްޔެ އޯމާނުގެ މިނިސްޓަރ އޮފް ސިވިލް ސަރވިސް އޮނަރަބަލް ޚާލިދް ބިން އުމަރު އަލް މަރްހޫން އާއި ބައްދަލުކުރައްވަވައި ސިވިލް ސަރވިސް ކޮމިޝަނާއި އެ މިނިސްޓްރީ އާއެކު ގުޅުން ބަދަހިކޮށް އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ސިވިލް ސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ހިއްސާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
އޯމާނުގެ ވަޒީރު މަރުހޫން ކޮމިޝަނުގެ ރައީސަށް ހޫނު މަރުޙަބާއެއްވިދާޅުވެ، ދެގައުމުގެ ސިވިލް ސަރވަންޓުންނަށް ހުނަރާއިގާބިލުކަން އިތުރުކޮށްދިނުމަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިޖާބައިގައި އޯމާނަކީ ތާރީޚީގޮތުން ކުރީޒަމާނުއްސުރެ ރާއްޖެއާއި އާއިލީ ގުޅުންވެސް އުފެދިފައިވާ ގައުމެއްކަމުގައި ވިދާޅުވެ، ރާއްޖޭގެ އެއް ޚާއްދާންކަމުގައިވާ ދިޔަމިގިލި ދަރިކޮޅަކީ އޯމާނުން ރާއްޖެއަށް ހިޖުރަކުރި ދަރިކޮޅަކުން އުފެދިފައިވާ ދަރިފަސްކޮޅެއްކަމުގައި ތާރީޚީފަތްފުއްތަކުން އެނގެން އޮތް ކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވެފައިވެއެވެ. އަދި ރާއްޖެއަށް އޮޑިދޯނިފަހަރު ބަނުމުގެ ހުނަރުވެރިކަން އައިސްފައިވަނީ އޯމާނުން ކަމުގައި ބެލެވޭކަމުގައި ބަޔާންކުރެއްވެވިއެވެ. ސަބަބަކީ ދޯނި، ބޮއްކުރާ، ބައްތެލި އަދި ނައު ފަދަ ބަސްތަކަކީ އޯމާނުގައިވެސް ކިޔޭނަންތައްކަމަށްވެފައި އޯމާނުގެ ކަނޑުގައި ދުއްވާ ތަކެއްޗާއި ރާއްޖޭގައި ބޭނުންކުރާ ތަކެއްޗާ އެއްގޮތްކަމުގައި ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވެވޭތީ ކަމުގައި ވިދާޅުވެފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި ސިވިލް ސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ހިއްސާކުރުމާއި ގުޅޭގޮތުން ދެމުއައްސަސާގެ ދެމެދުގައި ފަހުމުނާމާއެއް އެކުލަވާލުމަށް މިބައްދަލުވުމުގައި އެއްބަސްވެވިފައިވެއެވެ. އަދި ފަހުމުނާމާގެ ޑްރާފްޓް ނުކުތާތަކެއް ކޮމިޝަނުގެ ރައީސް އޯމާންގެ ވަޒީރުގެ އަތްޕުޅަށް އަރުވާފައިވެއެވެ. މިކަން އަވަސްކޮށް ގުޅުން ގާއިމްކުރުމުގައި ދެގައުމުގެ ރަސްމީ ޑިޕްލޮމެޓިކް ފަރާތްތައް މެދުވެރިކޮށް މުއާމަލާތްކުރުން ކުރިއަށް ގެންދިއުމަށްވެސް މިބައްދަލުވުމުގައި އެއްބަސްވެވިފައިވެއެވެ.
އޯމާނަކީ އިޤްތިޞާދީގޮތުންނާއި ސިވިލްސަރވިސްގެ ޚިދްމަތުގެ ގޮތުން ރާއްޖެއަށް ވުރެ ކުރީގައި އުޅޭ ޤައުމެކެވެ. އަދި ދެގައުމުގެ ދެމެދުގައި ފަހުގެތާރީޚުގައިވަނީ އިގްތިޞާދީ ގޮތުންނާއި ސަރުކާރުގެ ފެންވަރުގައި ގުޅުންތައް ބަދަހިކުރުން ކުރިއަށްގޮސްފައެވެ. މިގޮތުން އޯމާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ 2016 ވަނަ އަހަރު ރާއްޖެއަށް ރަސްމީ ×ޒިޔާރަތެއްކުރައްވާފައެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރ މަހުންފެށިގެން އަލުން ޝެޑިއުލްޑް ފުލައިޓްތައް އެގައުމުގެ ގައުމީ އެއަރލައިން އޯމާން އެއަރ އިން އަންނަނީ ބާއްވަމުންނެވެ.
ފަހުގެ ޚަބަރުތައް
ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އިންޑިއާ، އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އައުކޮށް ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ސިވިލް ސަރވިސް މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް ފަށައިފި
07 ސެޕްޓެމްބަރ 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024 މިއަދު ފަށައިފި
09 ޖޫން 2024
"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި
04 ޖޫން 2024
ސިވިލް ސަރވިސް ކޮންފަރެންސް 2024، ޖޫން 9- 10 ގައި ބާއްވަނީ
30 މެއި 2024
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023