ސީ އެސް ޓީ އައިގަ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބްރުއަރީ 2019



މިއަދަކީ ބައިނަލްއަޤްވާމީ މާދަރީ ދުވަސްކަމުން މިދުވަސް ފާހަގަކުރުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަނެއް ބާއްވައިފިއެވެ.

ސީއެސްޓީ އައިގެ ލެކްޗަރާއިންނާއި ދަރިވަރުންނަށް ދުވަހާގުޅޭގޮތުންނާއި ދިވެހި ބަސް ދިރުވައިކުރިއެރުމުގެ މުހިންމުކަމުގެ މައުލޫމާތް ހިއްސާކުރުމުގެ ސެޝަންގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން މަޢުލޫމާތު ދެއްވެވީ ރާއްޖޭގައި މިވަގުތު ހުންނެވި ދިވެހިބަހާއި ތާރީޚްއަށް ޚިދްމަތްކުރެއްވުމުގައި މަޝްހޫރުކަން ލިބިވަޑައިގެންފައިވާ އަލްއުސްތާޛް އަހްމަދު ޝާކިރެވެ. ކަށިމާޝާކިރުގެ ވާހަކަފުޅު ބިނާކުރެއްވެވީ ދުވަހަށްކަނޑައެޅިފައިވާ މަޢުޟޫކަމުގައިވާ " ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރަންޖެހެނީ ކީއްވެ؟ " މި މައުޟޫއުގެ މައްޗަށެވެ. މި މައުޟޫއުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން، ދިރާސީނަޒަރަކުން ދިވެހީންގެ މައިދަރީބަސް ކަމުގައިވާ ދިވެހިބަހުގެ މުހިންމުކަމަށާއި، އެބަހުގެ ސަބަބުން ދިވެހީންގެ އައިޑެންޓިޓީ އޮޅުންފިލާ ކަމަށާއި، މިފަދަ މުހިންމު ގައުމީ ބަހާ އަކާމެދު އެއްވެސް ފަރާތަކުން ފަރުވާކުޑަކުރެވިގެން ނުވާނެކަން ބަޔާންކުރެއްވެވިއެވެ.

ބައިނަލްއަޤްވާމީ މާދަރީ ދުވަސްފާހަގަކުރުމަށް ބޭއްވުނު ސެޝަންގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްވެސް ވާހަކަފުޅުދެއްކެވިއެވެ. އެބޭފުޅާގެ ވާހަކަފުޅުގައި މަޢުލޫމާތުދެއްވުމަށް ވަޑައިގެންދެއްވި އަލްއުސްތާޛް އަހްމަދު ޝާކިރަށް ޝުކުރުއަދާކުރައްވަވައި ތާރީޚީ އަދި ބަހުގެ ޢިލްމް ވެރިއެއްގެ ގޮތުން މިފަދަ މަޢުޟޫއަކަށް އިންސާފުކުރެއްވުމަށް އެންމެ އެކަށޭނެ ފަރާތްކަމުގައި ފާހަގަކުރެއްވެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް