ހޯމް މިނިސްޓަރާއެކު ކޮމިޝަނުން މަޝްވަރާކުރައްވައިފި

21 ފެބްރުއަރީ 2019



ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތައް ކުރިއަށްގެންދެވޭގޮތާއި، މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތަކުގެ މަޢުލޫމާތް ހިއްސާކުރުމުގެ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާރޒް އޮނަރަބަލް އައްޝެއިޚް އިމްރާން އާއިއެކު އެމިނިސްޓްރީ ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވަވައިފިއެވެ.

ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަނުގެ މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ ހުސޭނާއި އަދި ކޮމިޝަނުގެ މެންބަރު ފާތްމަތު އާމިރާ އިސްކޮށް ބައިވެރިވެވަޑައިގަތް މި ބައްދަލުކުރެއްވުމުގައި ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކޮށް މުވައްޒަފުންގެ އުފެއްދުންތެރިކަން ރަނގަޅު ކުރުމަށް ކޮމިޝަނުން ކުރިއަށްގެންދާ ތަފާތު ކަންކަމުގެ މައުލޫމާތް މިނިސްޓަރާ ހިއްސާ ކުރެއްވެވިއެވެ. އަދި ހޯމް މިނިސްޓްރީއިން ބޭނުންވާކަންކަމުގައި ކޮމިޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުން އެމިނިސްޓްރީއަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް މިނިސްޓަރަށްއެރުވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް