37 އަހަރަށްފަހު ވަޒީފާއިން މުސްކުޅި ކުރެވުނުކަމުގެ ލިއުން އަބްދުއްރައްޒާޤު އަށް ކޮމިޝަނުގެ ރައީސް ހަވާލުކުރައްވައިފި

25 ފެބްރުއަރީ 2019



ހދ. ހަނިމާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަޤާމުގައި ހުންނެވި ހދ. ހަނިމާދޫ އާޝާމު އަލްފާޟިލް އަބްދުއްރައްޒާޤް އުމުރުން 65 އަހަރުފުރުމާ ގުޅިގެން ވަޒީފާއިން މުސްކުޅިކުރެވުނުކަމުގެ ލިއުން މިއަދު އޭނާ އާ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްހަވާލުކޮށްދެއްވައިފިއެވެ. މިކަން ބޭއްވުނީ ސިވިލް ސަރވިސް ކޮމިޝަނުގައި އަބްދުއްރައްޒާޤް ކޮމިޝަނުގެ ރައީސްގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތެއްގައެވެ.

އަލްފާޟިލް އަބްދުއްރައްޒާޤުވަނީ ދިވެހި ސިވިލް ސަރވިސްގައި އެކިއެކި މަޤާމުތަކުގައި މެދުނުކެނޑި 37 އަހަރާއި 18 ދުވަހު ޚިދްމަތްކުރައްވާފައެވެ. އޭނާ ވަޒީފާއިން މުސްކުޅިކުރެވިފައިވަނީ 1 ޖަނަވަރީ 2019 ގައެވެ. ކޮމިޝަނުގެ ރައީސް އާއެކު މިއަދު ބޭއްވުނު މައްދަލުވުމުގައި ދިގުމުއްދަތެއްގައި އިޚްލާސްތެރިކަމާއެކު ދިވެހި ސިވިލް ސަރވިސް އަށް އަބްދުއްރައްޒާޤް 37 އަހަރަށްވުރެ ގިނަދުވަހަށް ޚިދްމަތް ކުރައްވަވާފައިވާތީ ނުހަނު ތަޢުރީފާއެކު އޭނާއަށް ޝުކުރު ދެންނެވިއެވެ. އަދި އަބްދުއްރައްޒާޤުގެ ޙަޔާތުގައު ކުރިއަށް އޮތްދުވަސްތަކުގައި ގައުމަށާއި ޖަމާއަތަށް އިތުރަށް ހިދްމަތްކުރެއްވުމުގައާއި ލިބިވަޑައިގެންފައިވާ ތަޖްރިބާއާއި ހިލްމް އެހެންފަރާތްތަކަށް ހިއްސާ ކުރެއްވުމުގައި ދެމިހުންނެވުމަށް އެދިވަޑައިގެން ހެޔޮނަސީބާއި ބާއްޖަވެރިކަމަށްވެސް އެދިވަޑައިގެންނެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް