އައި އެމް އެފް ގެ ވަފުދެއް ކޮމިޝަނުން މަޢުލޫމާތް ސާފުކުރައްވައިފި

28 ފެބްރުއަރީ 2019



ދިވެހިރާއްޖޭގެ އިޤްތިސޯދުގެ ކަންކަން ހުރިނެތްގޮތުގެ ދިރާސާއެއް ކުރެއްވުމަށް މަޢުލޫމާތް އެއްކުރެއްވުމަށް ރާއްޖެއަށް ވަޑައިގެން އުޅުއްވަވާ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް ގެ ވަފުދެއް މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އައި އެމް އެފް ގެ ފަރާތުން އިސްކޮށް އިންނެވީ 5 މެންބަރުންގެ ވަފުދުގެ ވެރިޔާ ކަމުގައިވާ މިސްޓަރ ފިލިޕް ކަރަމް އެވެ. ކޮމިޝަނުގެ ފަރާތުން ބައްދަލުކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބްރައީސް ޝަހީދު މުޙައްމަދާއި މެންބަރު އަލްއުސްތާޒް ޒަކަރިއްޔާ ހުސެއިން އާއި މެންބަރު ފާތްމަތް އާމިރާއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންތައްތައް ޚަރަދުކުޑަކޮށް އެންމެ ރަނގަޅަށް ބެލެހެއްޓުމުގައި އަމަލުކުރަމުންގެންދަވާ ގޮތްތަކާއި ގެންގުޅޭ އުސޫލުތަކުގެ މަޢުލޫމާތް ވަފުދުގެ ފަރާތުން އޮޅުންފިލުއްވެވިއެވެ. އަދި ދިމާވެފައިވާގޮންޖެހުންތަކާއި ކުރިމަގަށް ރޭވޭކަންކަމާގުޅޭގޮތުންވެސް މަޢުލޫމާތު ސާފުކުރެއްވެވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް