ކޮމިޝަނާއެކު ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިން މަޝްވަރާކުރައްވައިފި

03 ފެބްރުއަރީ 2019



ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްއިން ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާ ގުޅޭގޮތުން މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ އުތީމު ކައުންސިލްގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. އަދި ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް އުތީމު ކައުންސިލް ބޭފުޅުންނަށް އެރުވިއެވެ. އަދި ކައުންސިލްގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ.

އުތީމު ކައުންސިލްގެ ފަރާތުން މި މަޝްވަރާގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ ރަޝީދު އާއި ކައުންސިލް އިދާރާގެ ދެ މެންބަރުންކަމަށްވާ އަލްފާޟިލް އަޝްރާރް ޢާދަމް އާއި އަލްފާޟިލް ޢަބްދުﷲ އަޝްޙަދު އެވެ. އަދި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް