ސިވިލް ސަރވަންޓުން ތަމްރީނުކުރުމަށް އިންޑިއާގެ އެހީތެރިކަން އިތުރުކޮށްދެއްވަވަނީ

05 ފެބްރުއަރީ 2019



ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަސައްކަތު ހުނަރާއި ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށް އިންޑިއާއިން ތަމްރީނާއި ތަޖްރިބާ ހާސިލްކުރެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރާއްޖެއަށް ކަނޑައެޅިފައިހުންނެވި އެމްބެސެޑަރ ހިޒް އެކްސަލަންސީ މިސްޓަރ އަކްލޭޝް މިޝްރާ މިއަދު ވިދާޅުވެއްޖެއެވެ. މިހެންވިދާޅުވީ އެމްބެސެޑަރ ގެ ދައުރު ހަމަކުރެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގަތުމުގެކުރިން ވަދާއީ ބައްދަލުވުމެއްގެ ގޮތުން މިއަދު ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީއާއި އެކު އިންޑިއަން އެމްބަސީގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

އެމްބެސެޑަރ އިތުރު ތަފްސީލް ދެއްވަމުން ވިދާޅުވެފައިވަނީ އިންޑިއާގެ އެޑްމިނިސްޓްރޭޓިވް ސްޓާފް ކޮލެޖްގެ ފަރާތުން ދިވެހި ސިވިލް ސަރވިސްގެ އަންހެންމުވައްޒަފުންނަށް ޙާއްސަކުރެވިގެން ލީޑަރޝިޕް އަދި ޗޭންޖްމޭކާރސް ގެ ހުނަރު ދަސްކޮށްދިނުމުގެ ތަމްރީނަކާއި އިންޑިއާގެ މަސޫރީ ސްޓޭޓްގައި ހުންނަ ސެންޓަރ ފޯ ގުޑް ގަވަނަންސްގެ ފަރާތުން 2 ހަފްތާގެ ޙާއްސަ ތަމްރީން ޕްރޮގްރާމެއް މެދުފަންތީގެ ސިވިލްސަރވިސްޓުންނަށް ހަމަޖައްސަވައިދެވޭތޯ މިހާރު މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މި 2 ތަމްރީނު ޕްރޮގްރާމުން ގާތްގަޑަކަށް 50 ހަކަށް ސިވިލް ސަރވަންޓުން ތަމްރީނުކުރެވޭނެ ކަމުގައި އުއްމީދުކުރެވެއެވެ. ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ އެޑްމިނިސްޓްރޭޓިވް ޕީޓީއޯ ސްޓާފް ކޮލެޖް އާއިދެމެދު ފަހުމުނާމާއެއް އެކުލަވާލެވިދަނީ އަމަލުކުރެވެމުންނެވެ. މި ފަހުމުނާމާއގެ މަޤްސަދަކީ ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކުރުމަށް ސިވިލްސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ހާސިލްކުރުމުގެ ފުރުސަތުތައް ފަހިކުރުމުގައި 2 މުއައްސަސާގެ ދެމެދުގައި އެއްބާރުލުން އިތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް