ކޮމިޝަނުގެ މެންބަރުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންއާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި

19 ޑިސެމްބަރ 2018



ކޮމިޝަނުގެ މެންބަރުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އޮނަރަބުލް ޑރ. އިބްރާހީމް ޙަސަންއާއި އެމިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ނައިބުރައީސް އަލްފާޟިލް ޝަހީދު މުޙައްމަދާއި ކޮމިޝަނުގެ އެހެންމެންބަރުންގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރުގެ އިތުުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ


ސިވިލް ސަރވިސް ކޮމިޝަން, މަޖީދީމަގު، 20040, މާލެ، ދިވެހިރާއްޖެ

2026 © ސިވިލް ސަރވިސް ކޮމިޝަން

ހޮޓްލައިން / އެސްއެމްއެސް


ފޯނު

3307307