ސިވިލް ސަރވިސް ކޮމިޝަނާއެކު ފުލުހުން މަޝްވަރާކުރައްވައިފި

06 ޖަނަވަރީ 2019



ފުލުހުންނާއި އާންމުގެ ޚިޔާލު ލިބިގެން އެކުލަވާލެވޭ އިސްލާހީ ޕްރޮގްރާމް އެކުލަވާލުމުގައި ދިވެހި ސިވިލްސަރވިސްގެ ޙިއްސާ ބޭނުންފުޅުވާތީ މިކަމުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓީމެއް މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއެކު މަޝްވަރާކުރައްވަވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ހެނދުނު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އަބްދުލް މަންނާންއެވެ. ކޮމިޝަނުގެ ފަރާތުން އިސްކޮށް ހުންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. މި ބައްދަލުކުރުމުގައި، މިއަހަރު ކުރީކޮޅު ތައްޔާރުކުރެވޭ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައާއި ރައްޔިތުންނާއި ގުޅިގެން ރައްޔިތުންގެ އިތުބާރު ބޮޑުވާނެގޮތަށް އަދި ޒަމާނީ ހެޔޮގޮތްތަކާއި އެކު ފުލުހުންގެ ޚިދުމަތް ބައްޓަންކުރުމުގައި ދިވެހި ސިވިލް ސަރވިސް އާއި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިވަޑައިގަންނަވާނެ ކަމުގެ ކަށަވަރުކަން ކޮމިޝަނުން ދެއްވިއެވެ.

ސިވިލް ސަރވިސް އާއި ޕޮލިސް އާ ދެމެދު މަޝްވަރާ ކުރެވޭނެގޮތައް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޚިޔާލާއި މަޝްވަރާ ޕޮލިސްގެ ޚިދުމަތް ޒަމާނީކޮށް ތަރައްޤީ ކުރުމާއި ގުޅޭގޮތުންނާއި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި މަޢުލޫމާތު ބަދަލުކުރުމަށް މަގުފަހިކުރާނެ ގޮތްތަކާއި މެދު މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވިފައިވެއެވެ.

އަދި ސިވިލް ސަރވިސްގެ ޓްރެއިނިންގ އިންސްޓިޓިއުޓް އާއި ގުޅިގެން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުގައި ބޭނުންވާ މަދަދުވެރިކަމާއި އަދި ޒިންމާދާރު، ކުށުން ބަރީއަވެގެންވާ މުޖްތަމައުއެއް ބިނާކުރުމާގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވެސް އެއްބަސްވެވުނެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް