ފިޝަރީޒް މިނިސްޓްރީއާއި ސައިންސް މިނިސްޓްރީއަށް ޕަރމަނަންޓް ސެކްރެޓަރީން މިއަދު އައްޔަނުކުރައްވައިފި

08 ޖަނަވަރީ 2019



މިނިސްޓްރި އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާށާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ޝައިންސް އެންޑް ޓެކްނޮލޮޖީ އަށް މިއަދު ސިވިލް ސަރވިސް ކޮމިޝަނުން ޕަރމަނަންޓް ސެކްރެޓަރީން އައްޔަނުކުރައްވަވައިފިއެވެ.

ޕަރނަންޓް ސެކްރެޓަރީން އައްޔަނުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ އެމިނިސްޓްރީއެއްގެ އިއްޒަތްތެރި ވަޒީރުގެ ހާޟިރުގައެވެ، ޕަރމަނަންޓް ސެކްރެޓަރީން ކޮމިޝަނުގެ ފަރާރުން އައްޔަނުކުރެއްވެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިންރިސޯސަސްގެ ޕަރމަނަންޓް ސެކްރެޓަރީ ކަމުގެ މަޤާމަށް އައްޔަނުކުރެވުނީ މ. ޕާރކްލޭން ޑރ. އާމިނަތު ޝާފިޢާއެވެ. މި ބޭފުޅާއަކީ ގާތްގަޑަކަށް 28 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވަވާފައިވާ އަދި ފިޝަރީޒް މިނިސްޓްރީގައި ވެރިންގެ ފެންވަރުގައި 13 އަހަރު މަސައްކަތް ކުރައްވަވާފައިވާ ބޭފުޅެކެވެ.

އަދި ޑރ. ޝާފިޢާ އަކީ ޕްލާންޓް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ ޑިގްރީ ހާޟލް ކުރައްވަވާފައިވާ އަދި އެންވާރަމަންޓް ބައިލޮޖީގެ ދާއިރާއިން މާސްޓަރސް ނަންގަވާފައިވުމާއި އެކު އެގްރިކަލްޗަރުގެ ދާއިރާއިން ވެސް މާސްޓަރ އާއި ބެޗެލަރ ޑިގްރީ ހާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮކޮޖީ ގެ ޕާރމަނަންޓް ސެކްރެޓަރީއަކަށް އައްޔަނު ކުރެވުނީ ހ.ޔެލޯރޯޒް އަލްފާޟިލް މުޙައްމަދު ޝަރީފްއެވެ. މި ބޭފުޅާއަކީ ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަންސް ޓެކްނޮލޮޖީގައި 9 އަހަރު މަސައްކަތް ކުރައްވާފައިވާ އަދި އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިންގ ވިތް މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސައިރިކްސް ކޮލެޖްގައި ވައިސް ރެކްޓަރ ގެގޮތުގައި ވެސް މަސައްކަތް ކުރައްވަވާފައިވާ ބޭފުޅެކެވެ.

މި ދެބޭފުޅުން މަގާމަށް އައްޔަނުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އަދި މިނިސްޓަރގެ ލަފަޔާއެކު މައްޗަށްތިއްބަވާ ސިޔާސީ ވެރިންނާއި އެކުގައި މަސައްކަތްކުރާ ސަވިލް ސާރވިސްގެ މުވައްޒަފުންނާއި ގުޅިގެން އެކުއެކީގައި މިނިސްޓްރީ އަކަށް ސަރުކާރުން ކަނޑައަޅުއްވަވާފައިވާ އިޙްތިސާސް ތަންފީޒުކުރުމަށާއި އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ދެއްވުމަށް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް