ކޮމިޝަނުގެ ފަރާތުން ހެލްތް މިނިސްޓަރާ އެކު މަޝްވަރާކުރައްވައިފި

15 ޖަނަވަރީ 2019



އައު ސަރުކާރު ގާއިމު ވުމާއި ގުޅިގެން އަލަށް އައްޔަނުކުރެވުނު މިނިސްޓަރުންނާއި އެކު ސިވިލް ސަރވިސް ކޮމިޝަނުން ބާއްވަމުންގެންދާ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަލްފާޟިލް އަބްދުﷲ އަމީން އާއި ކޮމިޝަނުގެ ފަރާތުން އިއްޔެ އެ މިނިސްޓްރީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ކޮމިޝަނުގެ ފަރާތުން މިބައްދަލުވުމުގައި އިސްކޮށް ހުންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ސިވިލް ސަރވިސްގެ މަސައްކަތްތައް ރޭވިހިނގާގޮތާއި މުވައްޒަފުންގެ ކަންކަން ބެލެހެއްޓެމުންދާ ގޮތުގެ މަޢުލޫމާތް މިނިސްޓަރާ ހިއްސާކުރެވުނެވެ. އަދި މިނިސްޓަރަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބޭނުންފުޅުވާ ކަންކަމާއި ހެލްތް މިނިސްޓްރީ ގައި މަސައްކަތް ކުރައްވަވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ގުޅޭގޮތުން ހުރިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލު ކުރުމުގައި ކޮމިޝަނުގެ ފަރާތުން މިނިސްޓަރ އޮފް ހެލްތުގެ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް ވަޒީރަށް އެރުވިއެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ރަނގަޅުކޮށް ކުރިއެރުވުމަށް ބައެއްކަންކަން މުރާޖާކޮށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވުނެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް