މަތިވެރި ކައުންސިލުގެ ފަރާތުން ކޮމިޝަނާއެކު މަޝްވަރާ ކުރައްވައިފި

22 ޖަނަވަރީ 2019



ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލްގައި ކުރިއަށް ގެންދިއުމުގައި ދިމާވާ ބައެއް ދަތިތަކާއި ބައެއް މުވައްޒަފުން ނުލިބިވާތީ ދިމާވާގޮންޖެހުން ތައް ހައްލުކުރެވިދާނެގޮތްތަކާމެދު މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ ރައީސް ޑރ ޢަލީ ޝަމީމާއި ވަގުތީ ސެކްޓްރީ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ސަޢީދުއާއި އެކު މަޝްވަރާކުރައްވައިފިއެވެ.

މަތިވެރި ކައުންސިލްގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ކައުންސިލްގެ ރައީސް އަލްފާޟިލް އިސްމާއިލް އާތިފާއި ކައުންސިލަރ އިސްމާއިލް އިބްރާހީމްއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުގެ ރައީސް މަތިވެރި ކައުންސިލް ބޭފުޅުންނަށް އެރުވިއެވެ. އަދި ކައުންސިލްގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބި

ލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް